| 
 މަޤާމް: 
 | 
 ސިސްޓަމް އެޑްމިނިސްޓްރޭޓަރ 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 01 
 | 
| 
 މަޤާމުގެ ގިންތި: 
 | 
 ވަގުތީ (ކޮންޓްރެކްޓް 6 މަސް) 
 | 
| 
 ސެކްޝަން: 
 | 
 އައި.ޓީ 
 | 
| 
 މަޤާމް އޮތް އޮފީސް: 
 | 
 ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) 
 | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން: 
 | 
 ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ 
 | 
| 
 މުސާރަ: 
 | 
 މަހަކު -/15000 ރުފިޔާ 
 | 
| 
 އިތުރު ޢިނާޔަތްތައް: 
 | 
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
 
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 
- ކޮންޓްރެކްޓް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
 
 
  
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
- އެޕްލިކޭޝަން ތަކަށް ބޭނުންވާ އައި.ޓީ އިންފްރާ ސްޓްރަކްޗަރ ޤާއިމުކުރުމުގެ މަސައްކަތް ކުރުން.
 
- އެސް.ޕީ.އައި.އެސް ސިސްޓަމް ތަރައްގީކޮށް ބެލެހެއްޓުމުގެ ކަންތައްތައް ކުރުން.
 
- ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ މަސައްކަތްތައް އެފިޝިއަންޓު ކުރުމަށްޓަކައި އެސް.ޕީ.އައި.އެސް ސިސްޓަމް އަށް ބޭނުންވާ މޮޑިއުލްތައް ޑިޒައިންކޮށް ޑިވެލޮޕް ކުރުމުގެ މަސައްކަތްތައް ކުރުން.
 
- މިއެޖެންސީގެ މަސައްކަތް ހަލުވިކުރުމަށާއި އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާ ސޮވްޓްވެއަރ ދެނެގަނެ  ސޮފްޓްވެއަރ ޑިޒައިން ކުރުމުގެ މަސައްކަތްކުރުން.
 
- އޮފީހުގެ މަސައްކަތަކާއި ގުޅިގެން ހަދަންޖެހޭ ސޮފްޓްވެއަރތަކުގެ ކޯޑުކުރުމާއި ތަރައްޤީކުރުމުގެ މަސައްކަތް ކުރުން
 
- މިހާރު މިއެޖެންސީގައި ޤާއިމްކުރެވިފައިވާ ސޮފްޓްވެއަރ އިތުރަށް ތަރައްޤީ ކުރުމާއި މެއިންޓެނަންސް ގެ މަސައްކަތް ކުރުން.
 
- ޕޯސްޓެގްރެސް ސަރވަރ، މައި.އެސްކިއުއެލް، ރެޑިސް، ކޮންސަލް ޑިޕްލޯއިމަންޓް އަދި މިނޫންވެސް މިފަދަ ޓެކްނޮލޮޖީސް ބޭނުންކޮށްގެން އެޕްލިކޭޝަންތައް  ހޮސްޓްރުމަށް ސޮޕްޓްވެއަރ އިންފްރާސްޓަކްޗަރ އެއް ޤާއިމްކުރުމާއި މެއިންޓެއިން ކުރުމުގެ މަސައްކަތް ކުރުން.
 
- މިއެޖެންސީގެ އެޕްލިކޭޝަން ތައް ބޭރު އެހެން މުއަސަސާތަކުގެ އެޕްލިކޭޝަންތަކާއި އިންޓަރގްރޭޓް ކުރުމުގެ މަސައްކަތް ކުރުން.
 
- މިހާރު ބޭނުންކުރާ ޑޭޓާ އަލަށް އުފައްދާ އެޕްލިކޭޝަންސް ތަކައް މައިގްރޭޓް ކުރުމަށް ކުރަންޖެހޭ މަސައްކަތުކުގައި އެހީތެރިވެދިނުން.
 
- މިއެޖެންސީގެ އައި.ޓީ ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް އަލަށް އުފައްދާ އެޕްލިކޭޝަންސް ތައް ބެލެހެއްޓުމަށް ބޭނުންވާ ޓްރެއިނިންގތައް ރާވައި އޮންދަޖޮބް ޓްރެއިނިންގ ގެގޮތުގައި ހިންގުން
 
- މިއެޖެންސީގެ މުވައްޒަފުންނަށް އަލަށް އުފައްދާ އެޕްލިކޭޝަންސް ތަކަށް އަހުލުކުރުކުރުވުމުގެ ގޮތުން  ބޭނުންވާ   ޓްރެއިނިންގތައް ރާވައި އޮންދަޖޮބް ޓްރެއިނިންގ ގެގޮތުގައި ހިންގުން
 
- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން އިސްވެރިން ހަވާލު ކުރައްވަ އެންމެހައި މަސައްކަތްކުރުން
 
  | 
| 
 މަޤާމުގެ ޝަރުޠުތައް: 
 | 
- އިންފޮމޭޝަން ޓެކްނޮލޮޖީ، ސޮފްޓްވެއަރ އިންޖީނިއަރިންގ ނުވަތަ ކޮމްޕިޔުޓަރ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކެ، ސޮފްޓްވެއަރ ޑެވެލޮޕްމަންޓްގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ތަޖުރިބާ ތެރޭގައި ޕީ.އެޗް.ޕީ ލޭންގުއޭޖް، ޖާވާ ސްކުރިޕްޓް އަދި އެންގިއުލަރ ޖޭއެސް އަދި މައިއެސް.ކިއު.އެލް / އެމް.އެސް- އެސް.ކިއު.އެލް ޑޭޓާބޭސް އަކަށްބޭނުންކޮށްގެން މަދުވުގެން 3 ސޮފްޓްވެއަރ ޕްރޮޖެކްޓް އެއް ހަދައިފައިވުން ނުވަތަ އެފަދަ ޕްރޮޖެކްޓް އެއްގައި އެކަށީގެންވާ ހައިސިއްޔަތެއްގައި އަމަލީގޮތުންމަސައްކަތް ކޮށްފައިވުން.
 
 
ނުވަތަ 
- އިންފޮމޭޝަން ޓެކްނޮލޮޖީ، ސޮފްޓްވެއަރ އިންޖީނިއަރިންގ ނުވަތަ ކޮމްޕިޔުޓަރ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކެ، ސޮފްޓްވެއަރ ޑެވެލޮޕްމަންޓްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ތަޖުރިބާ ތެރޭގައި ޕީ.އެޗް.ޕީ ލޭންގުއޭޖް، ޖާވާ ސްކުރިޕްޓް އަދި އެންގިއުލަރ ޖޭއެސް އަދި މައިއެސް.ކިއު.އެލް / އެމް.އެސް- އެސް.ކިއު.އެލް ޑޭޓާބޭސް އަކަށްބޭނުންކޮށްގެން މަދުވުގެން 3 ސޮފްޓްވެއަރ ޕްރޮޖެކްޓް އެއް ހަދައިފައިވުން ނުވަތަ އެފަދަ ޕްރޮޖެކްޓް އެއްގައި އެކަށީގެންވާ ހައިސިއްޔަތެއްގައި އަމަލީގޮތުންމަސައްކަތް ކޮށްފައިވުން.
 
 
ނުވަތަ 
- އިންފޮމޭޝަން ޓެކްނޮލޮޖީ، ސޮފްޓްވެއަރ އިންޖީނިއަރިންގ ނުވަތަ ކޮމްޕިޔުޓަރ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކެ، ސޮފްޓްވެއަރ ޑެވެލޮޕްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ތަޖުރިބާ ތެރޭގައި ޕީ.އެޗް.ޕީ ލޭންގުއޭޖް، ޖާވާ ސްކުރިޕްޓް އަދި އެންގިއުލަރ ޖޭއެސް އަދި މައިއެސް.ކިއު.އެލް / އެމް.އެސް- އެސް.ކިއު.އެލް ޑޭޓާބޭސް އަކަށްބޭނުންކޮށްގެން މަދުވުގެން 3 ސޮފްޓްވެއަރ ޕްރޮޖެކްޓް އެއް ހަދައިފައިވުން ނުވަތަ އެފަދަ ޕްރޮޖެކްޓް އެއްގައި އެކަށީގެންވާ ހައިސިއްޔަތެއްގައި އަމަލީގޮތުންމަސައްކަތް ކޮށްފައިވުން.
 
 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
  
 | 
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
 
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
 
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން
 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  
 | 
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
 
 
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
 
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
 
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
 
 
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
 | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
 | 
 ވަޒީފާއަށް އެދޭ ފޯމު މި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.nspa.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 މާރޗް 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3003535 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.    
 | 
| 
 އިންޓަވިއު އަދި އިމްތިޙާނާއި ޕްރެޒެންޓޭޝަނ އޮންނާނެ ތަނާއި، މުއްދަތު: 
 | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނީ، 04އޭޕްރިލް 2017  އާއި 20 އޭޕްރީލް 2017 އާ ދެމެދު، ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)،ކ.މާލެ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 
  
 | 
| 
 ޝޯޓް ލިސްޓްކުރުން: 
  
 | 
 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
  
 | 
| 
   
 | 
   
 | 
| 
 އިތުރު މަޢުލޫމާތު ހޯދުން: 
 | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 ނުވަތަ 3005353 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3003535 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. 
 | 
   
 |