ކުއްޔަށް ދިނުން
ނަންބަރު: (IUL)270/INDIV/2017/13
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 12:22
ސުންގަޑި: 29 މާރިޗު 2017 11:00
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އަތަކުރި" ޢިމާރާތުގެ ހުޅަނގުގައި އިން ފިހާރަބައިގެ ޢިމާރާތް ކުޔަށްހިފަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ނަންބަރ: (IUL)270/INDIV/2017/13

 

"އަތަކުރި" ޢިމާރާތުގެ ހުޅަނގުގައި އިން ފިހާރަބައިގެ ޢިމާރާތް ކުޔަށްހިފަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ކުޔަށްދޫކުރަން ހަމަޖެހިފައިވާ އުސޫލުތައް:

1-އަގު އަދި ޝަރުތުތައް:

  • ކުޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އަގަކީ މަހަކު -/500 ( ފައްސަތޭކަ ރުފިޔާއެވެ.)
  • ސްކޫލް ދޮރުމަތީގައި އޮތް ދާގަނޑު މަރާމާތުކޮށް ބެލެހެއްޓުން
  • ޢިމާރާތުގެ ހުސްބައިގައި ބަގީޗާ ހެއްދުމާއި ކުނިކަހާ ސާފުކޮށް ބެލެހެއްޓުން
  • ޢިމާރާތުގެ ގޯތިތެރޭގައި ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންނަށް އިށީނދެލުމަށް ބެންޗްތައް ތަރައްޤީކުރުން
  • އިމާރާތާއި ވަށާފާރުގައި ކުލަލައި ޒީނަތްތެރިކޮށް ބެލެހެއްޓުން

 

2-އިމާރާތުގައި ކުރެވޭނެ މަސައްކަތްތައް:

  • އިމްޕޯރޓް މުދާ ވިއްކުމުގެ މަސައްކަތްތައް.

 

3-މުއްދަތު:

  • 10 (ދިހައެއް) އަހަރު.

 

4-އިވެލުޢޭޓް ކުރާނޭގޮތް:

  • އިއުލާނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވެފައިވުމާއެކު، ހުށަހަޅާ އެންމެ ފުރިހަމަ ޕްރޮޕޯސަލް އަށް އެންމެ ގިނަ މާރކްސް ލިބޭ އުޞޫލުންނެވެ.

 

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 29 މާރޗް 2017 ވާ ބުދަ ދުވަހުގެ 11:00 އަށް ކައުންސިލް އިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ބަދަލުގައި ފޯމް ހުށަހެޅުމަށް ހާޟިރުވާ ފަރާތްތަކުން އެމީހަކު ތަމްސީލް ކުރަނީ ކޮން ފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ.

ޝުކުރިއްޔާ

21 ޖުމާދުލްއާހިރު 1438

20 މާރޗް 2017

 

                                                                މުޙައްމަދު ޝާކިރު

މަކުނުދޫ ކައުންސިލްގެ ރައީސް

20 މާރިޗު 2017