ދިވެހިރާއްޖެ
2017 ވަނަ އަހަރުގެ ޖަމާޢަތުގެ ޚަބަރު ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިންސްޓިޓިއުޓުން ކުރެވުނު ނަންބަރު: 1/2017/5/IUL)451-FP) އިޢުލާނަން އަގުހުށަހަޅުއްވާފައިވާ ގިނަފަރާތްތަކުގެ ޝަރުތު ހަމަނުވާތީ އެ އިޢުލާން ބާތިލް ކުރަމެވެ. އަދި މިކަން ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަންކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގގެ 02ވަނަފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
2017 މާރިޗު 23 ވަނަ ދުވަހުގެ 11:00 ށް |
2017 މާރިޗު 29 ވަނަ ދުވަހުގެ 11:00 ށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވެއެވެ. އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް ގުޅުއްވާނީ 3023513 ނަންބަރު ފޯނާއެވެ.