މަސައްކަތް
ނަންބަރު: (IUL)GS80/2017/04
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 09:58
ސުންގަޑި: 27 މާރިޗު 2017 13:00
އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

ކޮންޓްރެކްޓް އުސޫލުން، މީލާދީ 1 އަހަރު ދުވަހުގެ މުއްދަތަށް، މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިސްކޫލުގެ ނަންބަރ (IUL)GS80/2017/02 (16 ޖަނަވަރީ 2017) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ މި ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަސައްކަތާގުޅޭ ބީލަން ފޮތް މި ސްކޫލުން ނެންގެވުން އެދެމެވެ. ބީލަން ފޮތް ދޫކުރާނީ 27 މާރިޗް 2017 ދުވަހުގެ 13:00 ގެ ނިޔަލަށެވެ. މަސައްކަތަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން 04 އޭޕްރީލް 2017 ދުވަހުގެ 13:00 ގެ ނިޔަލަށް އަންދާސީ ހިސާބު މި ސްކޫލަށް ހުށަހަޅުއްވަންވާނެއެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ ބީލަން ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި 2017 އޭޕްރީލް 05 ވަނަ ދުވަހުގެ 09:15 ގައި މިސްކޫލުގައެވެ.

މި މަސައްކަތަށް ކުރިމަތި ލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު 2014/19) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މީގެ އިތުރުން، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުންނާއި އަންދާސީ ހިސާބު ހުށަހެޅުމަށް އޮންނަ ގަޑީގެ ފަހުން ހުށައަޅާ އަންދާސީ ހިސާބުތައްވެސް ބަލައި ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ އުލިގަމު ސްކޫލުގެ 6500548 ނަންބަރު ފޯނަށެވެ.

‏21‏ ޖުމާދަލްއާޚިރާ‏ 1438

‏19‏ މާރޗް‏ 2017

20 މާރިޗު 2017