ދިވެހިރާއްޖެ
ތަޢުލީމާއި ތަމްރީނު އުނގެނުމުގެ ފުރުޞަތު
ކޯހުގެ ނަން: ޖިމް އިންސްޓްރަކްޓަރ ކޯސް 05
ޖާގައިގެ އަދަދު: 15 ޖާގަ
ކޯސް ހިންގާ ފަރާތާއި ޤައުމު: ޕޮލިސް އެކަޑަމީ / މޯލްޑިވްސް ޕޮލިސް ސަރވިސް / ދިވެހިރާއްޖެ
ކޯހުގެ މުއްދަތު: 06 ހަފްތާ
ކޯސް ހިންގޭ ތަން: ލ.ގަން
ކޯސް ފެށޭ ތާރީޚް: 23 އޭޕްރިން 2017
ޝަރުޠު:
- އަސާސީ ތަޢުލީމު (ގްރޭޑް 07) ފުރިހަމަ ކޮށްފައިވާ ފަރާތެއްކަމުގައިވުން.
- 16 އަހަރުން މަތީގެ ފަރާތެއްކަމުގައިވުން.
އިތުރު މަޢުލޫމާތު:
- މި ކޯހަށް މީހުން ހޮވުމުގައި ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ އަދި މި ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- ދަތުރުކުރުމުގެ ޚަރަދު ހަމަޖައްސާނީ ކޯހަށް ހޮވޭ ބައިވެރިން އަމިއްލަ އަށެވެ.
ހުށަހަޅަންޖެހޭ ލިޔުންތަން:
- ކޯހަށް އެދި ހުށަހަޅާ ސިޓީ
- ކޯހަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ނެގިތާ 03 މަސް ހަމަނުވާ ޕާސްޕޯރޓް ސައިޒް 02 ފޮޓޯ
ސުންގަޑި:
މި ކޯހަށް އެދި ހުށަހަޅާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއިއެކު، 2017 މާރޗް 30 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގ ގެ ރިސެޕްޝަނަށް ހުށަހެޅުމަށް ދެންވީމެވެ. އަދި އަތޮޅުތެރޭގައި ހުރި މީހެއްނަމަ އެމީހަކު ހުރި ރަށެއްގެ އެންމެ ކައިރީގައިހުރި ޕޮލިސް ސްޓޭޝަނަކަށް ހުށަހެޅުމަށް ދަންނަވަމެވެ.
20 ޖުމާދަލްއާޚިރާ 1438
19 މާރިޗު 2017