ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)270/INDIV/2017/12
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 28 މާރިޗު 2017 13:00
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު މީހެއް ހޯދުމަށް

 

ނަމްބަރ: (IUL)270/INDIV/2017/12 

އިޢުލާން

 

ތިރީގައި މިބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މަޤާމް:

މަސައްކަތު

ޔުނިޓް:

ކޯޕަރޭޓް އެފެއާޒް

ރޭންކް:

އެސް.އެސް 1

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ގިންތި:

ދާއިމީ

މުސާރަ :

3100.00 ( ތިންހާސް އެއްސަތޭކަ ރުފިޔާ )

ސަރވިސް އެލަވަންސް:

1000.00 ( އެއްހާސް ރުފިޔާ )

ބޭނުންވާ ޢާދަދު:

1 ( އެކެއް )

ޝަރުތު:

1-      ލިޔަންކިޔަންދަތުމާއެކު މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލް ކަން ލިބިފައިވުން.

2-      ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތު ރަގަނޅު މީހެއްގަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތަކުގެ ގޯތި ތެރޭގައި ހުންނަ ވިނަނޮޅާ ސާފުކޮށް ކުނިކެހުން.
  2. މަގުބައްތިތަކުގެ ބޮކި ބަދަލުކޮށް ( ބޮކީގެ އަލި މަގުމައްޗަށް އެޅުމަށް ހުރަސްވާގޮތަށް ހުންނަ ގޮފިތައް ކޮށުން)، ހޮޅިދަނޑި އެންޓަނާ ފަދަ ތަންތާގައި ދަވާދުލައި އާބާތުރަ ފިލުވުން.
  3. ކައުންސިލް އިދާރާގެ ފަންކަތަކާއި، އެއަރކޯންތަކާއި، ބިއްލޫރިތަކާއި، މޭޒުތައް ފޮޅާ ސާފުކުރުން.
  4. ކައުންސިލް އިދާރާގެ ފާޚާނަތަކާއި، ކޮޓަރިތައް ކުނިކަހާ ފޮޅާ ސާފުކޮށް މޮއްޕު ކުރުން.
  5. ކައުންސިލް އިދާރާއިން އެކިފަރާތްތަކަށް ޙަވާލުކުރަންޖެހޭ ލިޔެކިއުންތައް ޙަވާލުކުރުން.
  6. ކައުންސިލު އިދާރާއަށް ހާޟިރުކުރަންޖެހޭ ފަރާތްތަކަށް ޗިޓް ޙަވާލުކުރުމާއި، އިޢުލާން، އަދި އިސްތިހާރުފަދަ ތަކެތި ކައުންސިލުން އަންގާ ތަނެއްގައި ބެހެއްޓުން.
  7. ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ ބަގީޗާ ގަސްތަކަށް ފެންދީ ކޮށާ ބެލެހެއްޓުން.
  8. ކައުންސިލާއި، ސަރުކާރުން ރައްޔިތުންގެ ލާބައާއި، މަންފާއަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެއްބާރުލުން ދިނުން.
  9. ލޯކަލް ކައުންސިލްގެ ޤާނޫނު ނުވަތަ އެހެންވެސް ޤާނޫނަކުން ކައުންސިލްތަކަށް ލާޒިމްކުރާ އެންމެހައި ކަންތައްތަކަށް ޢަމަލީ ގޮތުން އެހީތެރިކަން ދިނުން.
  10. ކައުންސިލްގެ މަސައްކަތްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން .

ސުންގަޑި:

28 މާރިޗު 2017 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

1-      ސިވިލްސާރވިސް ވަޒީފާއަށް އެދޭ ފޯމް

2-      ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ

3-      ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭލިޔުންތަކުގެ ކޮޕީ

4-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5-      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)

6-      އެހެން ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާ ބަދަލުވުމުގައި މިހާރު އުޅޭ ވަޒީފާއިން ބަދަލުވުމުގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން.

ނޯޓް: ވަޒީފާގެ އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން،އިންޓަވިއުއަށް ދުރުވާއިރު މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މައުލޫމާތު:

  • މި ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުގެ އިންޓަރވިއު އޮންނާނީ 02 އެޕްރީލް 2017 ވާ އާދިއްތަ ދުވަހުއެވެ. އިންޓަރވިއުއަށް ހާޟިރުވާންޖެހޭ ގަޑި އެފަރާތަކަށް ލިޔުމުން އެންގޭނެއެވެ.
  • މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ 6520038 ފޯނާ ގުޅުއްވުން އެދެމެވެ.

މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

21 ޖުމާދަލްއާޚިރަ 1438

20 މާރިޗު 2017

 

 

 

މުޙައްމަދު ޝާކިރު

( މަކުނުދޫ ކައުންސިލްގެ ރައީސް)

20 މާރިޗު 2017