ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD/IUL/2017/19
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 09:10
ސުންގަޑި: 28 މާރިޗު 2017 14:30
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އޮފިސަރ

މަޤާމު:

ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އޮފިސަރ

ރޭންކު:

އެމް. އެސް 2

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން:

ޕޮލިސީ އެންޑް އޯގަނައިޒޭޝަން ޑިވެލޮޕްމަންޓް (އެސެސްމަންޓް އެންޑް ޕޮލިސީ ޑިވެލޮޕްމަންޓް)

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު -/3000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2203/25 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ ޢަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

 

ޕަބްލިކް ޕޮލިސީ، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ހިއުމަންރިސޯސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. "ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން" ތަޢާރަފްކުރުމާ ގުޅިގެން ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާ އަށް ގެންނަންޖެހޭ އެންމެހާ ބަދަލުތައް ގެނައުން.
  2. ޤާނޫނާއި ޤަވާއިދަށް އަންނަ ބަދަލުތަކާ ގުޅިގެން، ވަޒީފާއަށް މީހުން ހޮވުމާއި ޢައްޔަނު ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަށް މުރާޖަޢާކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  3. މެރިޓް އުޞޫލުން މުވައްޒަފުން ހޮވުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް، އެ ކަންތައްތަކުން އަރައިގަނެވޭނެ ގޮތްތަކާބެހޭ ދިރާސާކޮށް ހައްލު ހޯދުން.
  4. ސިވިލް ސަރވިސްގެ މަގާމުތަކަށް މީހުން ޢައްޔަން ކުރުމުގައި ކޮމްޕިޓެންސީ އެސެސް ކުރެވޭނެ ގޮތްތައް ހޯދައި އެކުލަވާލަން ޖެހޭ އުޞޫލުތައް އެކުލަވާލުން.
  5. ސިވިލް ސަރވިސްގެ މަގާމުތަކުގެ ރެކްރޫޓްމަންޓް ޓޫލްކިޓްތައް އެކުލަވާލުމާއި އެއާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރުން.
  6. ސިވިލް ސަރވިސްގައި މީހުން ޢައްޔަން ކުރުމަށް ބޭނުން ކުރެވޭނެ އިމްތިޙާނުތައް ތަރައްޤީކޮށް ބެލެހެއްޓުން.
  7. ސިވިލް ސަރވިސް ވަޒީފާތަކަށް ޤާބިލު މީހުން ހޯދުމަށް ބޭނުންވާ އިމްތިޙާނުތަކާގުޅޭ ސިޔާސަތު ތައްޔާރުކުރުން
  8. ސިވިލް ސަރވިސް ސްޓެންޑަރޑް އޮކިޔުޕޭޝަނަލް ކްލެސިފިކޭޝަން ސިސްޓަމުގެ ތެރެއިން ވަޒީފާގެ (މަގާމާއި މުސާރައިގެ) އޮނިގަނޑުތައް އެކުލަވާލުމަށް ބޭނުންވާ ގައިޑްލައިންސްތައް އެކުލަވާލުން.
  9. ސިވިލް ސަރވިސްގައި މުވައްޒަފުން ދެމެހެއްޓުމަށް ބޭނުންވާ ސްޓަރަޓެޖީސްތައް ޤާއިމުކޮށް މި ކަމާގުޅޭ އުޞޫލުތައް އެކުލަވާލުން.
  10. ޕަރމަނެންޓް ސެކްރެޓަރީންނާއި ޒިންމާދާރު ވެރިންގެ އަތްމަތީފޮތް ތަރައްޤީކޮށް ބެލެހެއްޓުން.
  11. އެހެން ސެކްޝަނުތަކުގެ މުވައްޒަފުންނާއެކު ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން އަދި އެ ސެކްޝަނުތަކުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  12. މަސައްކަތާ ގުޅޭގޮތުން ކުރަންޖެހޭ ދިރާސާކުރުމާއި، މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ލަފާ އިސްވެރިންނަށް ހިއްސާކުރުން.
  13. ޙަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަޞްއޫލިއްޔަތުތައް އަދާކުރުން.
  14. ކޮމިޝަންގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

28 މާރިޗު 2017 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް. (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ: %54)

 

ޝޯޓްލިސްޓު ކުރުން:

މި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ މީހުންގެ އަދަދު 10 އަކަށް ވުރެ އިތުރުވެއްޖެނަމަ،ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އަދި ލިބިފައިވާ ހުނަރަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

 

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2017 އޭޕްރީލް 02 އާއި 10 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

 

 

21 ޖުމާދަލްއާޚިރާ  1438ހ

20  މާރިޗު  2017މ

20 މާރިޗު 2017