މަސައްކަތް
ނަންބަރު: (IUL)383/383/2017/23
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 17:52
ސުންގަޑި: 23 މާރިޗު 2017 13:30
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓާދިނުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށްއެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތުދިނުން 2017 މާރިޗު 23 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 13:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައި އޮންނާނެއެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ އެސްޓިމޭޓްތައް ކެނޑުން 2017 މާރިޗު 30 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 13:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައި އޮންނާނެއެވެ.                                 

މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާފަރާތެއްނަމަ ވެރިފަރާތުގެ ސައްހަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

16 މާރިޗު 2017