ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)225-AHRI/225/2017/6
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 28 މާރިޗު 2017 14:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމަށް މުވައްޒަފަކު ހޯދުން

މަޤާމް :އެސިސްޓެންޓް ޑިރެކްޓަރ
ބޭނުންވާ އަދަދު :1

އިޢުލާން

މި އިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުން ވެއްޖެއެވެ.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރ

J-249724

ބޭނުންވާ ޢަދަދު

1 (އެކެއް )

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޑިރެކްޓަރ

ސެކްޝަން

ކޯޕަރޭޓް އެފެއާޒް

މަޤާމު އޮތް އޮފީސް

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުގެ އިދާރާ  ހއ. ދިއްދޫ

މުސާރަ

7035.00 ރުފިޔާ

ސަރވިސް އެލެވަންސް

2000.00 ރުފިޔާ

އިތުރު އިނާޔަތްތައް

1-  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2-  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3-     ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދުވަހުގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިދާރީ ދާއިރާގައި ހިމެނޭ ރަށްރަށުގެ ތެރެއިން އެއްރަށަށްވުރެ ގިނަ ރަށްރަށަށް ދޭންޖެހޭ ޚިދުމަތްތަކާއި، އެކިއެކި ޤާނޫނުގެ ދަށުން އަތޮޅު ކައުންސިލާ ޙަވާލުކޮށްފައިވާ މަސައްކަތްތައް ކުރުން.
  2. އިދާރީ ދާއިރާގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި،ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނެ އެހީތެރިކަމާ އެއްބާރުލުން ދިނުން
  3. ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައިލައި ބަލަހައްޓާ އިދާރާތަކަށް ބޭނުންވާނެ ބިމާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުން.
  4. ޙުކުމް ތަންފީޒް ކުރުމަށް ގޭގައި ބަންދުކުރެވޭ މީހުންނާއި، އަރުވާލުމަށް މާލެފޮނުވެންދެން ގޭގައި ބަންދުކުރެވޭ މީހުންނާބެހޭ ކަންތައްތައް ބެލެހެއްޓުން
  5. ކައުންސިލު އިދާރާގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
  6. އެއްރަށުން އަނެއް ރަށަށް ރަށްވެހިކަން ބަދަލުކުރުމުގެ ކަންތައްތައް ހިންގާ ބެލެހެއްޓުން.
  7. ކުށުގެ ރެކޯޑް ސާފުކުރުމަށް ހުށަހެޅޭ މައްސަލަތައް ލިޔެ ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
  8. އަތޮޅު ކައުންސިލް އިދާރާއިން ފޮނުވަންޖެހޭ ތަހްނިޔާ / ތަޢުޒިޔާ މެސެޖް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  9. ކައުންސިލް ހިނގާ ދިޔަގޮތުގެ 6 މަސްދުވަހުގެ ރިޕޯޓާއި އަހަރީ ރިޕޯޓް ތައްޔާރުކޮށް ލޯކަލްގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން.
  10. ގެއްލޭ އުޅަނދުފަހަރާބެހޭ މަޢުލޫމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  11. ދިމާވާ އެކިއެކި ކާރިޘާތަކުގެ މަޢުލޫމާތު އެއްކުރުމާއި، އެކަމާގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން
  12. ސްޓޮކް ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  13. ސަރުކާރުގެ އިދާރާތަކަށް ރައްދުކުރުމަށް ލިބޭތަކެތި އެ އިދާރާތަކަށް ރައްދު ކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުން
  14. ކައުންޓަރ ބެލެހެއްޓުމާއި، އެންޓްރީއާއި، ޑިސްޕެޗް ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި އެޕޮއިންޓްމަންޓްތައް ހަމަޖެއްސުން.
  15. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ކަންތައްތައް ބެލެހެއްޓުން.
  16. އަތޮޅަށް ޒިޔާރަތްކުރާ ޓީމްތަކާބެހޭ ކަންތައްތައް ބެލެހެއްޓުމާއެކު، އެޓީމްތަކުގެ މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް ދިނުން.
  17. މަގުމަގަށް އަރާ ރުއްގަހާއި، ސަރުކާރާއި ރައްޔިތުންގެ ބޭނުންތަކަށް ނެގޭ ބިންބިމުގައި ހުންނަ ރުއްގަހަށް ބަދަލު ދިނުމުގެ ކަންކަން ބެލެހެއްޓުން.
  18. މުވައްޒަފުންގެ ރެކޯޑް ފައިލްތައް ބެލެހެއްޓުން.
  19. މުވައްޒަފުންގެ ޙާޒިރީ ބެލެހެއްޓުމާއި،ޙާޒިރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.
  20. މުވައްޒަފުންގެ ސަލާމާއި، ޗުއްޓީ ރެކޯޑް ބެލެހެއްޓުން.
  21. މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި،އިޞްލާޙީ ފިޔަވަޅު އެޅުމާއި، ޕްރޮމޯޝަން ދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  22. މުވައްޒަފުންނަށް ދޭންޖެހޭ ޓްރެއިނިންގ އާއި ގުޅޭ އިންތިޒާމްތައް ހަމަޖައްސާ ޓްރެއިނިންގ ދިނުން.
  23. މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ކޯސްތަކާއި، ވާރކްޝޮޕްތަކާ ބެހޭ ކަންތައްތައް އިންތިޒާމްކުރުން.
  24.  މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ތައްޔާރުކޮށް މުވައްޒަފުންނާއި މަސައްކަތް ޙަވާލުކުރުން.
  25. މުވައްޒަފުންގެ ބައްދަލުވުމުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  26. މުވައްޒަފުންގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  27. އާންމުކޮށް ފެތުރެމުންދާ ރޯގާތަކާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުން.
  28. ރަހުނު ރަޖިސްޓްރީ ކުރުމާއި. ރަހުނު ކެންސަލްކުރުން.
  29. އަތޮޅުކައުންސިލް އިދާރާގެ ސާވަރ އަޕްޑޭޓްކޮށް ބަލަހައްޓާ މުވައްޒަފުން މެދުވެރިކޮށް ސާވަރ އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.
  30. އައި.ޑީ ކާޑް ހަދައިދިނުމުގެ ޚިދުމަތް އިންތިޒާމްކޮށް ބެލެހެއްޓުން.
  31. އަތޮޅު ޤުރުއާން މުބާރާތާއި ގުޅޭ އެންމެހައި އިންތިޒާމްތައް ބެލެހެއްޓުން.
  32. ޙިފްޘްކޮށް އިމާމްވެ ތަރާވީޙް ނަމާދުކުރާ ފަރާތްތަކާއި ގުޅޭ ކަންތައްތައް ހަމަޖެއްސުން.
  33. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަކާއި ގުޅޭ އެންމެހައި މަސައްކަތް ބެލެހެއްޓުން.
  34. ކައުންސިލުންދޭ އެކިއެކި އެވޯޑްތަކާއިބެހޭ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

 

ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖުމަންޓް /ހިއުމަން ރިސޯސް މެނޭޖުމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖުމަންޓް، ޕަބްލިކް ރިލޭޝަންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއިއެކު، ޕަބްލިކް އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓް/ ހިއުމަން ރިސޯސް މެނޭޖުމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖުމަންޓް، ޕަބްލިކް ރިލޭޝަންސް ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

ނުވަތަ

 

ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖުމަންޓް / ހިއުމަން ރިސޯސް މެނޭޖުމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖުމަންޓް، ޕަބްލިކް ރިލޭޝަންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއިއެކު، ޕަބްލިކް އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓް/ ހިއުމަން ރިސޯސް މެނޭޖުމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖުމަންޓް، ޕަބްލިކް ރިލޭޝަންސް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

ނުވަތަ          

ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖުމަންޓް / ހިއުމަން ރިސޯސް މެނޭޖުމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖުމަންޓް، ޕަބްލިކް ރިލޭޝަންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއިއެކު، ޕަބްލިކް އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓް/ ހިއުމަން ރިސޯސް މެނޭޖުމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖުމަންޓް، ޕަބްލިކް ރިލޭޝަންސް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

ނުވަތަ

ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖުމަންޓް / ހިއުމަން ރިސޯސް މެނޭޖުމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖުމަންޓް، ޕަބްލިކް ރިލޭޝަންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

   ނުވަތަ       

ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖުމަންޓް / ހިއުމަން ރިސޯސް މެނޭޖުމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖުމަންޓް، ޕަބްލިކް ރިލޭޝަންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ސިވިލް ސަރވިސް ކޮމިޝަނުން 01 މެއި 2015 ގައި ޢަމަލު ކުރަން ފައްޓަވާފައިވާ" ސިވިލްސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން

 

ހުށަހަޅަންޖެހޭ ލިޔުންތައް

1.ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭފޯމް (ފޯމް މިއިދާރާގެ ކައުންޓަރުންނާއި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން (www.csc.gov.mv) ލިބެންހުންނާނެއެވެ.

2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5.ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

         (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމުތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ )

         (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގުރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

         (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7.ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

        (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

         (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ތިލަދުންމަތީ އުތުބުރީ އަތޮޅު ކައުންސިލު އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެwww.halifatoll.gov.mv ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 މާރޗް 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލު އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ.ފެކްސްނަމްބަރަކީ6500063 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅަފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 02 އޭޕްރީލް 2017ން 05 އޭޕްރީލް 2017 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

( މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތައަކީ 30% އެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރ: 6500002 ، 6500068 ފޯނާއެވެ. ފެކްސް ނަންބަރަކީ 6500063 އެވެ. އީމެއިލް ކުރައްވާނީ  [email protected]) )   އެޑްރެހަށެވެ.

 

 

 

 

20 ޖުމާދަލް އާޚިރާ 1438 

19 މާރޗް      2017  

 

19 މާރިޗު 2017