ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ފުވައްމުލަކު އެއަރޕޯޓަށް ބޭނުންވާ 2 ރަންވޭ އެޖް ލައިޓް (ސޯލަރ) ސަޕްލައިކޮށްދެވޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު (IUL)448/1/2017/7 އަށް އަގު ހުށައަޅާފައިވަނީ އެންމެ ދެ ފަރާތުން ކަމަށްވާތީވެ މި އިއުލާން ބާތިލް ކޮށް އަލުން އިއުލާން ކުރަމެވެ.
ވީމާ، މިކަމަށް އެދި ޝަޢުގްވެރިވެލައްވާ ފަރާތްތަކުން 23 މާރިޗް 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ 11 ވަނަ ފަންގިފިލާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 މާރިޗް 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސް އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތް ތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
20 ޖުމާދަލްއާޙިރާ 1438
19 މާރިޗް 2017