ވަޒީފާގެ ފުރުޞަތު
ނަންބަރު: GS36/2017/07
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 27 މާރިޗު 2017 14:00
ކ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ރިލީފް ޓީޗަރ - ކީސްޓޭޖް 1، 2

 

ކ.އަތޮޅު މަދަރުސާ

ކ.ކާށިދޫދިވެހިރާއްޖެ

 

GS36/2017/07 : ނަންބަރ

ތާރީޚް:19 މާރޗް 2017

ވަޒީފާގެ ފުރުޞަތު

މިމަދަރުސާއަށް މިދަންނަވާ މަޤާމަށް ވޭޖް އެމްޕްލޯއިމެންޓް އުސޫލުން މުވައްޒަފުން ބޭނުންވެއްޖެ

މަޤާމު: ރިލީފް ޓީޗަރ   (ކީސްޓޭޖް 1 އަދި 2 ގެ ކުލާސްތަކަށް)

މުއްދަތު: 03 މަސްދުވަސް

ބޭނުންވާ ޢަދަދު: 05

މަސައްކަތްކުރަން ޖެހިފައިވާ ތަން: ކ.އަތޮޅު މަދަރުސާ

ރަށް: ކ.ކާށިދޫ

ޝަރުޠު:

މަޤާމު

ޝަރުޠު

މަޤާމުގެ އަސާސީ

މުސާރަ

ސަރވިސް އެލަވަންސް

ރިލީފް ޓީޗަރ

-        ސާނަވީ ތަޢުލީމް ހާސިލްކޮށް ފައިވުން

-/4500

-/1500

ރިލީފް ޓީޗަރ

-          މަތީ ސާނަވީ ތައުލީމް ފުރިހަމކޮށްފައިވުން

-/5500

-/1500

ރިލީފް ޓީޗަރ

-       ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 4ގެ ސަނަދެއް  ހާސިލްކޮށްފައިވުން.

-/6090

-/2500

އިތުރު ގަޑީގެ ފައިސާ: އިތުރު ގަޑީގެ މަސައްކަތް ކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރު ގަޑީގެ  ފައިސާ ލިބޭނެއެވެ.

ވަޒީފާގައިކުރަންޖެހޭމައިގަނޑުމަސައްކަތް:

  1. ފައުންޑޭޝަން ސްޓޭޖް، ކީ-ސްޓޭޖް1 އަދި 2 ގެ ކުލާސްތަކުން ހަވާލްކުރެވޭ ގަޑިތައް ނަގާދިނުން.
  2. މަދަރުސާގައި ހިނގޭ އިތުރު ޙަރަކާތްތަކުގައި ބައިވެރިވުން.
  3. މަދަރުސާގައި ޓީޗަރެއްގެ ހައިސިއްޔަތުން ދަރިވަރުންގެ ކުރި އެރުމަށް ހިންގޭ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާއި އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން.
  2. ކިޔަވައި ދެއްވަން ހަވާލުކުރެވޭ ކުދިންނަށް އެއަހަރަށް ކަނޑައެޅިފައިވާ މުޤައްރަރާއި އެއްގޮތަށް، ކުދިންނަށް  އެތަކެތި އުގަންނައިދީ  އެކުދިންނަށް ހާސިލުވާންޖެހޭ މިންވަރު އެންމެ  ފުންމިނުގައި ހާސިލްކޮށްދިނުމަށް މަސައްކަތް ކުރެއްވުން.
  3. މަދަރުސާގެ ދަރިވަރުންގެ އަޚުލާޤާއި ސްލޫކު އަދި ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރެއްވުމަސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވުން.
  4. މަދަރުސާއިން ޙަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، އަމިއްލައަށް އިސްނަންގަވައިގެން ކުރެއްވުމަށް ޝައުގުވެރިވުން.
  5. ކިޔަވައި ދިނުމަށް ބޭނުންވާ އިތުރު އެހީ ބޭނުންވެއްޖެ ހިނދެއްގައި އުފައްދަވައިގެން ބޭނުން ކުރެއްވުން.
  6. ކިޔަވައި ދެއްވާ ސެޝަނުގެ ކްލާސްތަކުގައި ކުދިންގެ އުނގެނުމާއި އަޙުލާޤާއި ގުޅޭ ގޮތުން ދަރިވަރުންނާއި ބެލެނިވެރިންނާއި ބައްދަލުކޮށް މަޢުލޫމާތު ބަދަލު ކުރުމާއި ނަސޭހަތްތެރިވުން.
  7. މުވައްޒަފު ނިސްބަތްވާ ހައުސް/ ކްލަބް/ ޑިޕާޓްމަންޓްގެ  ޙަރަކާތްތައް ހިންގުމުގައި އެބޭފުޅެއްގެ ޤާބިލުކަން ހުރި އެންމެ މަތީ ދަރަޖައެއްގައި އެހީތެރިވެ ކާމިޔާބީއަށް މަސައްކަތް ކުރެއްވުން.

 

ހުށަހަޅަންޖެހޭ ތަކެތި :

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

  • މަސައްކަތަށް ހުނަރާއި، ޤާބިލްކަން ހުރިމިންވަރު ދެނެގަތުމަށް ކުރެވޭ އިންޓަރވިޔު

އިންޓަރވިއު:

  މިމަޤާމަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަރވިއު އޮންނާނީ 2017 މާރޗް 28 އިން 31 އާއިދެމެދު ކ.އަތޮޅުމަދަރުސާގައެވެ.

ސުންގަޑި:

މިމަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2017 މާރޗް 27 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން ބަޔާން ކުރެވިފައިވާ ތަކެއްޗާއިއެކު މިމަދަރުސާގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިމަދަރުސާގެ ނަމްބަރު 6640036 ފޯނާ ގުޅުއްވުން އެދެމެވެ.

 

 

 

                                                     

 

 

 

 

 

 

19 މާރިޗު 2017