ނީލަން
ނަންބަރު: (IUL)226-A/PRIV/2017/11
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 11:13
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
200 ހޯސްޕަވަރުގެ 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުން

މިއިދާރާގެ މާރެސް ލޯންޗުން ނަގާފައިވާ އައުޓްބޯޑް 200 ހޯސްޕަވަރުގެ 2 އިންޖީނު YAMAHA ބްރޭންޑްގެ ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއްޖެ އެވެ.

ވީމާ، ނީލަމުގައި ހިފަން ބޭނުންވާ ފަރާތް ތަކުން މިއިދާރާއަށް ސިޓީ ފޮނުއްވަމުން ގެންދެވުން އެދެމެވެ. ކޮންމެ އިންޖީނެއްގެ ވެސް ނީލަންފެށޭ އަގަކީ -/50000 ރ.(ފަންސާސްހާސްރުފިޔާ) ރުފިޔާ އެވެ. ކޮންމެ އިންޖީނެއްގެ ވެސް ނީލަމަށް ފަހަރަކު އިތުރު ކުރެވޭނީ މަދުވެގެން -/1500ރ. (ފަނަރަސަތޭކަރުފިޔާ) އެވެ. ނީލަމުގެ އެންމެ މަތީ އަގު ބަންދުނޫން ކޮންމެ ދުވަހެއްގެ 11:00 ގައި މިއިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓޭނެ އެވެ. ބަންދު ދުވަސް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގެއް ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމާލެވޭނެ އެވެ.

އައުޓްބޯޑް 200 ހޯސްޕަވަރުގެ 2 އިންޖީނު ބައްލަވަން ބޭނުންވާ ފަރާތްތައް ބަންދުނޫން ދުވަސް ދުވަހުގެ ހެނދުނު 9:00 އާއި 12:00 އާ ދެމެދު އެން.އޯ.ސީ.ބިލްޑިންގ (ކުރިން ގައުމީއިދާރާ) އަށް ޙާޟިރުވުމުން އެކަން ހަމަޖައްސައި ދެވޭނެ އެވެ.

19 މާރިޗު 2017