މުބާރާތް
ނަންބަރު: (IUL)177-A2/1/2017/5
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 10:43
ސުންގަޑި: 23 މާރިޗު 2017 13:30
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"އެން.ސީ.އޭ - އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2017" ގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކުރުން

 

                                                                                                                                                                                                                               ނަންބަރ: (IUL)177-A2/1/2017/5

އިޢުލާން 

މިސެންޓަރުގެ ނަންބަރު (IUL)177-A2/1/2017/2 (05 މާރިޗު 2017) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ އެން.ސީ.އޭ – އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ އުސޫލް އާއްމުކޮށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހަވާލާދެވުނު އިޢުލާނުގައި ވާނީ ހުޅުވާލާފައެވެ.

ނަމަވެސް މުބާރާތުގައި ބައިވެރިވުމުގެ ވަގުތު ހަމަވުމުންވެސް އިތުރު އޮފީސްތަކުން މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާތީ، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ގިނަ އޮފީސްތަކަށް ދިނުމުގެ ގޮތުން މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހަޅާ މުއްދަތު އިތުރުކޮށްފީމެވެ.

އެގޮތުން މިމުބާރާތުގެ ބައިވެރިވެލެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 23 މާރިޗު 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މި ސެންޓަރަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިސެންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި ވެބްސައިޓް www.nca.gov.mv އިންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސެންޓަރުގެ ނަންބަރު 3344667 / 3343832 އާއި ގުޅުއްވުން އެދެމެވެ.

 

19 މާރިޗު 2017