ދިވެހިރާއްޖެ
ޕްރީކުއަލިފިކޭޝަނަށް ހުށަހެޅުމުގެ ދަޢުވަތު
15 ރަށެއްގެ ނަރުދަމާ މަޝްރޫޢަށް ބޭނުންވާ އެޗް.ޑީ.ޕީ.އީ ( H.D.P.E ) ޕައިޕް ސަޕްލައިކޮށްދޭނެ ފަރާތްތައް ޕްރީކޮލިފައިކުރުމާއި ބެހޭ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެދިލެއްވުމުގެ މަތިން، ހއ.އުތީމު، ނ.ލަންދޫ، ރ.މާކުރަތު، ރ.ރަސްމާދޫ ، ކ.ކާށިދޫ، އދ.ހަންޏާމީދޫ، އދ.އޮމަދޫ، ފ. ފީއަލި، ލ.މާވަށު، ފ. ބިލެއްދޫ، ރ. އިންނަމާދޫ، ށ. ފީވަކު، ގއ. ގެމަނަފުށި، ގދ. މަޑަވެލީ އަދި ހއ. ބާރަށް، މި 15 ރަށުގެ ނަރުދަމާ މަޝްރޫއަށް ބޭނުންވާ އެޗް.ޑީ.ޕީ.އީ ( H.D.P.E ) ޕައިޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިމަޝްރޫޢުގެ ތިރީގައިވާ މަސައްކަތަށް މެނުފެކްޗަރަރުން ހޮވުމުގެ ގޮތުން ޕްރީކޮލިފައިކުރުމަށްޓަކައި، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަސައްކަތްތަކަށް ޕްރިކޮލިފިކޭޝަން ޑޮކިޔުމަންޓް ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- 15 ރަށެއްގެ ނަރުދަމާ މަޝްރޫޢަށް ބޭނުންވާ އެޗް.ޑީ.ޕީ.އީ (H.D.P.E) ޕައިޕް ސަޕްލައިކޮށްދިނުން.
ބީލަމުގައި ބައިވެރިވުމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 19 މާރިޗު 2017 އިން 17 އެޕްރީލް 2017 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް މިމިނިސްޓްރީ އިންނެވެ. ޕްރިކޮލިފިކޭޝަން ޑޮކިޔުމަންޓް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީ-މެއިލް ކުރައްވާނީ 2017މާރިޗު 29 ވާ ބުދަދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.
ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ،
ފޯނު ނަންބަރ: (960)3349104, (960)3349106
ފެކްސް: (960)3324432
މާލެ، ދިވެހިރާއްޖެ.
އީ-މެއިލް އެޑްރެސް: [email protected]
ޕްރިކޮލިފިކޭޝަން ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2017 އެޕްރީލް 19 ވާ ބުދަދުވަހުގެ 11:00ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިއެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.