ކުއްޔަށް ދިނުން
ނަންބަރު: (IUL)383/383/2017/20
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 21:02
ސުންގަޑި: 23 މާރިޗު 2017 11:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ 41 ރުއް ބީލަން އުސޫލުން ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމާބެހޭ

                މިރަށުގެ އެކި އެކި ސަރަޙައްދު ތަކުގައި ހުރި  ރައްޔިތުންގެ 41 ރުއް ކުއްޔަށް ހިފާނެ ފަރާތެއް ބޭނުންވެއެވެ.

                ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން 2017 މާރިޗް 23 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައި އޮންނާނެއެވެ. މިކަމަށް އެދިލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުން އޮންނާނީ 2017 މާރިޗް 30 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައެވެ.

                މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަގުހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި، އަގުހުށަހެޅުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. ބަދަލުގައި މީހަކު ހާޒިރުވާނަމަ، ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީއަކާއެކު، އެކަން ސިޓީއަކުން މިއިދާރާއަށް ހުށަހަޅުއްވަންވާނެއެވެ.  

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

15 މާރިޗު 2017