ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017
ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އެދި ފޯމު ހުށަހަޅާނެ ގޮތުގެ އުޞޫލު
- ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އެދި ފޯމު ހުށަހަޅާނީ http://forms.elections.gov.mv މި ލިންކް މެދުވެރިކޮށް އޮންލައިންކޮން ނުވަތަ ތިރީގައި މިދަންނަވާ ތަންތަނަށެވެ.
- މާލޭގައިނަމަ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީނު) ގެ ރިސެޕްޝަނަށެވެ.
- އަތޮޅުތަކުގައިނަމަ އެ އަތޮޅެއްގެ އަތޮޅު ފޯކަލް ފޮއިންޓަށް ނުވަތަ އެ ރަށެއްގެ ފޯކަލް ޕޮއިންޓަށެވެ.
- އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އިން ނަމަ، އެ ސިޓީ އެއްގެ އަވަށު އޮފީހުގައި ހުންނަ ފޯކަލް ޕޮއިންޓަށެވެ.
- ފޯމުގައި މަޢުލޫމާތު ފުރިހަމަކުރަންވާނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ގޮތަށެވެ.
- އޮންލައިންކޮށް ފޯމުހުށަހަޅާއިރު، ފޯމުގައިވާ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު ތިރީގައި މިދަންނަވާ ފައިލްތައް އަޕްލޯޑްކުރަންވާނެއެވެ. އަދި އަޕްލޯޑްކުރެވޭ ފައިލްތަކުގެ ސައިޒު 1MB އަށް ވުރެ ބޮޑުވެގެން ނުވާނެއެވެ.
- ސްކޭން ކޮށްފައިވާ، މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް (PDF ފޯމެޓްގައި)
- ނެގިތާ 3 މަސް ދުވަސް ހަމަނުވާ ޕާސްޕޯޓު ސައިޒުގެ ސާފު ކުލަ ފޮޓޯއެއް (JPEG ފޯމެޓްގައި، ރިޒޮލިއުޝަން600Dpi ގައި، އަދި 35mm x 45mmގެ ސައިޒުގައި)
- އިސްވެ ދެންނެވުނު ލިންކުން "ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް ކުރިމަތިލާ ފަރާތުގެ އިޤުރާރު" ޑައުންލޯޑް ކުރުމަށްފަހު ފުރިހަމަކޮށް ސޮއިކޮށްފައިވާ ސްކޭން ކޮޕީއެއް (PDF ފޯމެޓްގައި)
- އިސްވެ ދެންނެވުނު ލިންކުން "ކެންޑިޑޭޓުގެ މަންދޫބު އައްޔަންކުރިކަމުގެ ލިޔުން" ޑައުންލޯޑް ކުރުމަށްފަހު ފުރިހަމަކޮށް ސޮއިކޮށްފައިވާ ސްކޭން ކޮޕީއެއް (PDF ފޯމެޓްގައި)
- ސިޓީ/ރަށް/އަތޮޅު ތަކުގެ ފޯކަލް ޕޮއިންޓުންނަށް އަދި އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބި މަރުކަޒަށް ފޯމުގެ ހާޑުކޮޕީ ހުށަހަޅާނަމަ ފޯމާއިއެކު ތިރީގައި މިދަންނަވާ ތަކެތި ހުށަހަޅަންވާނެއެވެ.
- ނެގިތާ 3 މަސް ދުވަސް ހަމަނުވާ ޕާސްޕޯޓު ސައިޒުގެ ސާފު ކުލަ ފޮޓޯއެއް (JPEG ފޯމެޓްގައި، ރިޒޮލިއުޝަން600Dpi ގައި، އަދި 35mm x 45mmގެ ސައިޒުގައި) – ސީޑީއެއްގައި
- ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް ކުރިމަތިލާ ފަރާތުގެ އިޤުރާރު
- ކެންޑިޑޭޓުގެ މަންދޫބު އައްޔަންކުރިކަމުގެ ލިޔުން
- ފޯމު ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު ފުރިހަމަ ނުވާނަމަ، ނުވަތަ ޞައްޙަ ނޫން މަޢުލޫމާތު ހުށަހަޅާފައިވާނަމަ، ނުވަތަ އެޓޭޗް ކުރަންޖެހޭ އެއްވެސް އެއްޗެއް މަދުވާނަމަ ފޯމު ބާޠިލް ކުރެވޭނެއެވެ.
ނޯޓު: ފޯމު ފުރިހަމަކޮށް އޮންލައިންކޮށް ހުށަހެޅުމުން ލިބޭ ފޯމު ނަންބަރު ނޯޓު ކުރެއްވުމަށް ސަމާލުކަން ދޭންވާނެއެވެ.