ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)30-A4/1/2017/04
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 14:43
ސުންގަޑި: 27 މާރިޗު 2017 00:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމް:                    ޑިރެކްޓަރ

މަޤާމުގެ ކްލެސިފިކޭޝަން:        ޑިރެކްޓަރ

ރޭންކް:                    އީ.އެކްސް.1

މަޤާމުގެ ނަންބަރު:             23049

ގިންތި:                    ވަގުތީ

މުއްދަތު:                   ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 30 ސެޕްޓެމްބަރ 2017ގެ ނިޔަލަށް

ބޭނުންވާ ޢަދަދު:              1

މުސާރ:                   -/8835 ރުފިޔާ

ސަރވިސް އެލަވަންސް:          -/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:     މުސާރައިގެ %35

އޮފީސް:                   މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:          ޕްލާންޓް އެންޑް އެނިމަލް ހެލްތު މެނޭޖްމެންޓް

މަސައްކަތް ކުރަންޖެހޭތަން:        މިނިސްޓްރީ

މަޤާމުގެ ޝަރުތު

1-      މަގާމުގެ  މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ އެގްރިކަލްޗަރ ދާއިރާއިން ނުވަތަ އެންވަޔަރަންމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަގާމުގެ  މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2-      މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ އެގްރިކަލްޗަރ ދާއިރާއިން ނުވަތަ އެންވަޔަރަމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3-      މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ އެގްރިކަލްޗަރ ދާއިރާއިން ނުވަތަ އެންވަޔަރަންމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ޕްލާންޓް އެންޑް އެނިމަލް ހެލްތު ސެކްޝަންގެ މަސައްކަތްތައް ރާވާ ހިންގުން
  • ސެކްޝަންގެ ދަށުގައިވާ ޔުނިޓްތަކުގެ ޔުނިޓް ހެޑުންގެ މަސައްކަތްތައް ކޯޑިނޭޓްކޮށް ސްޕަވައިޒް ކުރުން.
  • ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަންޕްލޭންގެ މަސައްކަތްތަކުގެ ވާރކްޕްލޭނާ އެއްގޮތަށް ސެކްޝަނާއި ގުޅުންހުރި މަސައްކަތްތައް ރާވާ ކުރިޔަށް ގެންދިއުން.
  • ޕްލާންޓް އެންޑް އެނިމަލް ހެލްތާއި ގުޅިގެން މިނިސްޓްރީން ދެވޭ ތަފާތު ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ދެވޭނެ އިންތިޒާމްތައް ރާވާ ހަމަޖެއްސުން
  • ނޭޝަނަލް ޕްލާންޓް ޕްރޮޓެކްޝަން އޯގަނައިޒޭޝަނގެ މަސައްކަތްތައް ރާވާ ހިންގުން.
  • ހުޅުމާލޭގައި ހުންނަ ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓްގެ މަސައްކަތްތައް ކޯޑިނޭޓް ކުރުން

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

-          ލިބިފައިވާތަޢުލީމާއި، ތަމްރީން

-          ދަނޑުވެރިކަމުގެ ދާއިރާއާއިބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު

-          ސިވިލް ސާރވިސް  ޤަވާއިދަށް އަހުލުވެރި މިންވަރު.

 

މަޤާމް:                    ސީނިޔަރ ފީލްޑް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:        އޮފިސަރ ގްރޭޑް 1

ރޭންކް:                    ޖީ.އެސް. 3

މަޤާމުގެ ނަންބަރު:             120840

ގިންތި:                    ދާއިމީ

ބޭނުންވާ ޢަދަދު:              1

މުސާރ:                   -/4465 ރުފިޔާ

ސަރވިސް އެލަވަންސް:          -/1500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:     މުސާރައިގެ %35

އޮފީސް:                   މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:          މެރިން ރިސާރޗް ސެންޓަރ  

މަސައްކަތް ކުރަންޖެހޭތަން:        މަނިޔަފުށި

      މަޤާމުގެ ޝަރުތު      

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މަނިޔަފުށީ ފީލްޑް ސްޓޭޝަނުގައި އާލާކުރާ މަހާއި އެހެނިހެން ދިރޭ ތަކެއްޗަށް ގަޑިން ގަޑިން ކާންދިނުން.
  • މަނިޔަފުށީ ފީލްޑް ސްޓޭޝަނުގައި ދިރޭކާނާ އާލާކުރުން.
  • މަނިޔަފުށީ ފީލްޑް ސްޓޭޝަނުގައި ކުރާ އެކުއަރކަލްޗަރ މަސައްކަތްތަކުގެ ޑޭޓާ ނަގައި މަޢުލޫމާތު ރެކޯޑްތައް ބެލެހެއްޓުން.
  • ކުރަންޖެހޭ ތަހުލީލު ބާވަތުން ޑައިވްކުރުން،
  • މަނިޔަފުށީ ފީލްޑް ސްޓޭޝަނުގައި އަޅާފައިވާ މޫދުކޮށިތަކާއި ބޮއިފަތިތަކުގެ ހާލަތު ބަލައި ކުރަންޖެހޭ މަރާމާތުތައް ފާހަގަކޮށް އެމަރާމާތު ކުރުން.

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

-          ލިބިފައިވާ ތަޢުލީމާއި، ތަމްރީން

-          މަސްވެރިކަމުގެ ދާއިރާއިން މަޢުލޫމާތު ލިބިފައިވާ މިންވަރު

-          ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި މިންވަރު

-           

މަޤާމް:                    އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:        އޮފިސަރ ގްރޭޑް 1

ރޭންކް:                    ޖީ.އެސް. 3

މަޤާމުގެ ނަންބަރު:             119724

ގިންތި:                    ދާއިމީ

ބޭނުންވާ ޢަދަދު:              1

މުސާރ:                   -/4465 ރުފިޔާ

ސަރވިސް އެލަވަންސް:          -/1500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:     މުސާރައިގެ %35

އޮފީސް:                   މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:          ފިޝަރީޒް ޓްރެއިނިންގ، އެކްސްޓެންޝަން އެންޑް ޕްރޮމޯޝަން ސެކްޝަން

މަސައްކަތް ކުރަންޖެހޭތަން:        މިނިސްޓްރީ  

      މަޤާމުގެ ޝަރުތު

1-      މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2-      ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ލޭނު މަސްވެރިކަމަށް  ޒުވާނުންނާއި ސްކޫލް ދަރިވަރުން އަހުލުވެރިކުރުމަށް ހިންގާ ލޭނު މަސްވެރިކަމުގެ ޕްރޮގްރާމްގެ މަސައްކަތްތައް ކުރުމާއި ޓްރެއިނިންގ ޕްރޮގްރާމް ހިންގުމުގައި އެހީތެރިވުން.
  • އޮންބޯރޑް ފިޝް ހޭންޑްލިންގ ޓްރެއިނިންގ ޕްރޮގްރާމް ހިންގުމުގައި އެހީތެރިވުން.
  • ރާއްޖޭގެ ސްކޫލްތަކުގައި މެރިން ސައިންސް ކިޔަވަމުންދާ ދަރިވަރުން  މަސްވެރިކަމުގެ ސިނާޢަތަށް އަހުލުވެރިކުރުމަށް ހިންގާ ފިޝް ކޭމްޕްގެ އެންމެހައި މަސައްކަތްތައް ކުރުން.
  • މަސްވެރިކަމުގެ ދާއިރާއާގުޅޭ ތަމްރީން ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިވުން.
  • މަސްވެރިކަމުގެ ދާއިރާއަށް ބޭނުންވާ އެކްސްޓެންޝަން މެޓީރިއަލް ތައްޔާރުކުރުމާއި ތަފާތު މީޑިއާ ބޭނުންކޮށްގެން މަސްވެރިކަމާގުޅޭ އެކްސްޓެންޝަން ޚިދުމަތް މަސްވެރި މުޖްތަމަޢުތަކަށް ފޯރުކޮށްދިނުން.
  • މަސްވެރިން ބާނާ މަހަށް ލިބޭ އަގު މަތިކުރުމަށްޓަކައި ރާއްޖޭގައި ވެލިޔު އެޑްކުރުމުގެ ގޮތުން މަސައްކަތްކުރުން.
  • މަހުގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި މަހުގެ ބާވަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ތަމްރީނުދޭ މަޝްރޫޢުތަކާއި ހޭލުންތެރިކަމުގެ މަޝްރޫޢުތައް ހިންގުމުގައި އެހީތެރިވެދިނުން.
  • ސެކްޝަނުން ހިންގާ ތަމްރީން ޕްރޮގްރާމްތަކުގެ މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން. 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

-          ލިބިފައިވާ ތަޢުލީމާއި، ތަމްރީން

-          މަސްވެރިކަމުގެ ދާއިރާއިން މަޢުލޫމާތު ލިބިފައިވާ މިންވަރު

-          ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި މިންވަރު

 

މަޤާމް:                    އެޑްމިނިސްޓްރޭޓިވް އޮފިސަރ  

މަޤާމުގެ ކްލެސިފިކޭޝަން:        އޮފިސަރ ގްރޭޑް 1

ރޭންކް:                    ޖީ.އެސް.3

މަޤާމުގެ ނަންބަރު:             281661

ގިންތި:                    ވަގުތީ

މުއްދަތު:                   ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 31 ޖެނުއަރީ 2018 ގެ ނިޔަލަށް

ބޭނުންވާ ޢަދަދު:              1

މުސާރ:                   -/4465 ރުފިޔާ

ސަރވިސް އެލަވަންސް:          -/1500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:     މުސާރައިގެ %35

އޮފީސް:                   މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:          އެޑްމިނިސްޓްރޭޓިވް އެންޑް މެނޭޖްމެންޓް ސެކްޝަން

މަސައްކަތް ކުރަންޖެހޭތަން:        މިނިސްޓްރީ

މަޤާމުގެ ޝަރުތު

1-      މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ނުވަތަ އެޑްމިނިސްޓްރޭޓިވް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2-       ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މިނިސްޓްރީއަށް އަންނަ ތަކެތި ބަލައި ގަތުމާއި އެކިއެކި ކަންކަމުގައި މިނިސްޓްރީއަށް އަންނަ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށް  ދިނުމާއި މުވައްޒަފުންނާ ބައްދަލު ކުރުމަށް އަންނަ ފަރާތްތަކަށް މުވައްޒަފުންނާއި ބައްދަލުކުރެވޭނެގޮތް ހަމަޖެއްސުން.
  • މިނިސްޓްރީއަށް އަންނަ ތަކެތި ސްކޭންކޮށް، އެންޓްރީ ކުރުމަށްފަހު ސެކްޝަންތަކަށް ޙަވާލުކުރުން، އަދި  އެކަމުގައި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ސެކްޝަންގެ އިސްކޮށް ހުންނެވި ވެރިޔަކާ މަޝްވަރާކޮށްގެން އެކަމެއް ޙައްލުކުރުން.
  • އީ-ގަވަރމަންޓް ނިޒާމްގެ ދަށުން ސަރުކާރުގެ އެކިއެކި އިދާރާތަކުން ފޮނުވާ ތަކެތި ކަމާބެހޭ ސެކްޝަންތަކަށް ފޮނުވުން.

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

-          ލިބިފައިވާ ތަޢުލީމާއި، ތަމްރީން

-          ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި މިންވަރު

އިތުރު ޢިނާޔަތްތައް

-          1- ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

-          2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

-          3- އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި އަދި ރިސްކް އެލަވަންސް ހަމަޖެހޭ ވަޒީފާތަކަށް ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް  ލިބޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1-      ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް:

4-      ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ރ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވކް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.

6-      ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7-      ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުގެ ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

     (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހުން ދޫކޮށްފައިވާ ލިޔުން.

  (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

މަގާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިހާނު ކުރުން

މިމަގާމަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 27 މާރޗް 2017 ވާ ހޯމަ ދުވަހުގެ 14:00  ކުރިން މިނިސްޓްރީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ.  އީމެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަންބަރަކީ: 3326558 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ  ޖުމްލަ 30 އިންސައްތަ ލިބެން ވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

            14  ޖުމާދަލްއާޚިރާ   1438

            13  މާރޗް       2017

13 މާރިޗު 2017