ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)201-A/1/2017/8
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 09:41
ސުންގަޑި: 30 މާރިޗު 2017 15:00
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އޭ.އެން.އެސް އިންސްޕެކްޓަރ

މަޤާމް:

އޭ.އެން.އެސް އިންސްޕެކްޓަރ (އޮޕަރޭޝަނަލް)

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެއަރ ނެވިގޭޝަން އެންޑް އެރޮޑްރޯމްސް

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ

މުސާރަ އާއި އެލަވަންސް:

އިންޑަސްޓްރިއާ އަޅާކިޔޭވަރުގެ މުސާރަ އާއި އެލަލްވަންސް ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

1- އޭ.ޓީ.ސީ ލައިސަންސެއް 3 ރޭޓިންގާއި އެކު ލިބިފައި އޮތުން އަދި މަގާމަށް ބޭނުންވާ ޕްރޮފެޝަނަލް ޓްރެއިނިންގްސް (އޭ.ޓީ.އެމް، އެއަރ ސްޕޭސް ޕްލޭނިންގ، ޕްރޮސީޖަރ ޑިޒައިން، އޭ.އައި.އެސް، ސާރޗް އެންޑް ރެސްކިއު، އެރޮނޮޓިކަލް ޗާރޓްސް، މިޓިއޮރޮލޮޖީ) މަދުވެގެން 3 އޭރިއާ އަކުން ހާޞިލްކޮށްފައިވުމާއި އެކު އަދި މެންޑޭޓަރީ ޓްރެއިނިންގްސް ހާޞިލް ކޮށްފައިވުން އަދި އޯ ލެވަލް އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު އެސް.އެސް.ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ނުވަތަ އެއާއި އެއްވަރުގެ ފާސްތަކެއް ލިބިފައިވުން

2- މަދުވެގެން 12 އަހަރު ދުވަހު އެއަރ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ތަޖްރިބާ ލިބިފައިވުން

      ނުވަތަ

1- އެސިސްޓެންޓް އޭ.އެން.އެސް އިންސްޕެކްޓަރެއްގެ ގޮތުގައި 4 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު:

1- ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް.އޯ.ޕީ ތަކުގައިވާ ގޮތުގެ މަތީން އެއަރ ނެވިގޭޝަން ސަރވިސަސް އޮފިސަރ އޮޕަރޭޝަނަލްގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން

2- އެއަރ ނެވިގޭޝަންގެ ޚިދުމަތްދޭ މަރުކަޒުތައް އޮޑިޓްކޮށް އަދި އިންސްޕެކްޓްކޮށް އަދި އެތަންތަން ހިނގަނީ ސިވިލް އޭވިއޭޝަންގެ ޤަވާއިދު ތަކާއި އެއްގޮތަށްތޯ ބަލައި ވަގުތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ސީނިއަރ އެއަރ ނެވިގޭޝަން އޮފިސަރަށް އެހީތެރިވުން

3- ޤަވާއިދުތަކާ 'ވަގުތީގޮތުން' އެއްކިބާވުމައްޓަކާ (އެގްޒެމްޕްޝަން ކޮންސެޝަން ފަދަ) އެދި ހުށަހަޅާ ހުށަހެޅުންތައް މުތާލިޔާކޮށް މިކަމުގައި ގޮތެއް ނިންމުމައްޓަކައި އެހީތެރިވެދިނުން އަދި އެއަރ ނެވިގޭޝަންގެެ މަސައްކަތްތަކާ ގުޅިގެން ދޫކުރެވޭ ހުއްދަތަކާއި ލައިސަންސް، އެގްޒެމްޕްޝަން އެޕްރޫވަލް، އޯޑިޓް ތަކާގުޅޭ އެންމެހާ ރެކޯޑްތަކާއި ލިޔެކިއުންތަކުގެ ޑޭޓާބޭސް ބެލެެހެއްޓުމުގައި ސީނިއަރ އެއަރ ނެވިގޭޝަން އޮފިސަަރ އަށް އެހީތެރިވުން

4- ވައިގެ ދަތުރުފަތުރާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެ މަތީން ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ އެއަރ ނެވިގޭޝަން އާއި ބެހޭ ޤަވާއިދުތަކާއި އުސޫލުތައް ބަލައި މުތާލިޔާކޮށް އިސްލާހުކޮށް ހަރުދަނާކުރުމަށް އެހީތެރިވެދިނުން އަދި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ އޮޕަރޭޓަރުންނާއެކު މަސައްކަތްކޮއްގެން ވައިގެ ދަތުރުފަތުރުގެ ސަލާމަތްކަން އިތުރަށް ހަރުދަނާކުރުމައް މަސައްކަތްކުރުން

5- ޤަވާއިދުތަކާ 'ވަގުތީގޮތުން' އެއްކިބާވުމައްޓަކާ (އެގްޒެމްޕްޝަން ކޮންސެޝަން ފަދަ) އެދި ހުށަހަޅާ ހުށަހެޅުންތައް މުތާލިޔާކޮށް މިކަމުގައި ގޮތެއް ނިންމުމައްޓަކައި އެހީތެރިވެދިނުން އަދި އެއަރ ނެވިގޭޝަންގެެ މަސައްކަތްތަކާ ގުޅިގެން ދޫކުރެވޭ ހުއްދަތަކާ، ލައިސަންސް، އެގްޒެމްޕްޝަން، އެޕްރޫވަލް، އޯޑިޓް ތަކާގުޅޭ އެންމެހާ ރެކޯޑްތަކާ ލިޔެކިއުންތަކުގެ ޑޭޓާބޭސް ބެލެެހެއްޓުމުގައި އެހީތެރިވެދިނުން

6- ވައިގެ ދަތުރުފަތުރުގައި ދިމާވާ ހާދިސާތައް ބަލައި ތަޙުޤީޤު ކުރުމުގައި ސީނިއަރ އެއަރ ނެވިގޭޝަން ސަރވިސަސް އިންސްޕެކްޓަރަށް އެހިތެރިވުން

7- އެއަރ ނެވިގޭޝަން އާއިގުޅޭ ކަންކަމުގައި ބޭރުގެ ޖަމާއަތްތަކާ (އައިކާއޯ، ކޮސްކެޕް ފަދަ) ހިންގަންޖެހޭ މުއާމަލާތުގައި އެހީތެރިވެދިނުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:

30 މާރިޗު 2017 ވާ ބުރާސްފަތި ދުވަހުގެ 1500 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް

ހުށަހަޅަންޖެހޭ ލިޔުން:

1- ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު އަދި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

16 މާރިޗު 2017