މަސައްކަތް
ނަންބަރު: GS133/2017/I/003
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 09:25
ސުންގަޑި: 06 އޭޕްރިލް 2017 13:00
ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
ސްކޫލްގެ ކުރީގެ ވަށާފާރު ތަޅާލައި އަލުންރާނައި ސިމެންތިޖެހުމާއި، ކުލަލުން އަދި ގޭޓް ހެދުމުގެ މަސައްކަތް

އިޢުލާން                    

 

         މިސްކޫލްގެ ކުރީގެ ވަށާފާރު ތަޅާލައި އަލުން ރާނައ ސިމެންތިޖެހުމާއި، ކުލަލުން އަދި ގޭޓް ހެދުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު GS133/2017/I/002 (05 ފެބްރުއަރީ 2017) (ވަނަ އިޢުލާން) އާއި ގުޅިގެން ބިޑް ހުށަހަޅާފައިވާ  ފަރާތްތަކުން ބިޑްގައި ހިމަނަންޖެހޭ ޑޮކިއުމެންޓްތަކާއި މަޢުލޫމާތުތައް ހިމަނާފައިނުވާތީ އެއިޢުލާން ބާތިލްކޮށް އެމަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.             

         ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 މާރޗް 2017 ވާ އާދިއްތަ ދުވަހުގެ 13:00ށް މިސްކޫލަށް ވަޑައިގެން މަސައްކަތާގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 އޭޕްރީލް 2017ވާ ބުރާސްފަތި ދުވަހުގެ 13:00ށް އަންދާސީ ހިސާބު މިސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާ ލިއުން މިސްކޫލުން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ސާފުކުރަން ޙާޞިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

  އަންދާސީ ހިސާބަށް މާރކްސް ދެވޭނެ މިންގަނޑުތައް:

ދާއިރާ

މާރކްސް ދެވޭނެގޮތް

ތަފްޞީލް

ފޮރމިއުލަރ

އަގު

%80

ޚިދުމަތުގެ އަގަށް ދެވޭ މާރކްސް:

މާރކްސް ދެވޭނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ބިޑްއިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުން ހުށައަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ މަތީ މާރކްސް ލިބޭނީ އެންމެ ކުޑައަގަށެވެ.

(Benchmark Price/Submitted Price)x Allocate Percentage

މުއްދަތު

10%

މުއްދަތަށްދެވޭ މާރކްސް:

މާރކްސް ދެވޭނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ބިޑްއިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުން ހުށައަޅާ އެންމެ ކުރު މުއްދަތަކީ ބެންޗު މާރކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތުތަކެއްގެ މެދުގައި ބަހާލައިގެންންނެވެ. އެގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ.

(Benchmark days/Submitted number of day)x Allocate percentage

ތަޖުރިބާ

 10%

ތަޖުރިބާއަށް ދެވޭ މާރކްސް:

މާރކްސް ދެވޭނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ބިޑްއިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާގެ ގޮތުގައި ހުށައަޅާ އެންމެ ދިގު މުއްދަތަކީ ބެންޗްމާރކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ ތަޖުރިބާ ތަކެއްގެ މެދުގައި ބާހާލައިގެންނެވެ. އެގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ގިނަ ތަޖުރިބާއަށެވެ.

(Benchmark Term/Submitted Term)x Allocate percentage

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 16 މާރޗް 2017                                                            

16 މާރިޗު 2017