ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)418-AS/418/2017/13
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 23 މާރިޗު 2017 14:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދު ސާފްކުރުމުގެ މަސައްކަތަށް މީހުން ހޯދުން

އިޢުލާން

އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކުރުމާއި ކުނިގޮނޑު ސާފުކޮށް ބެލެހެއްޓުމަށް މީހުން ހޮވުމާއިބެހޭ:

ގދ. ނަޑެއްލާގެ އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކުރުމާއި ކުނިގޮނޑު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް  01 އޭޕްރީލް 2017 އިން 31 މާރިޗު 2018 އަށް، 01 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ.

ތިރީގައި އެވަނީ މިމަސައްކަތްތަކަށް ހޮވުމަށް ހަމަޖެހިފައިވާ މީހުންގެ ޢަދަދާއި މަހެއްގެ މައްޗަށް އުޖޫރައިގެ ގޮތުގައި ދިނުމަށް ކައުންސިލުން ކަނޑައަޅާފައިވާ ފައިސާގެ ޢަދަދާއި އިތުރު ތަފްޞީލް އެވެ.

  • 01 ސްޕަވައިޒަރު (އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކުރުމާއިއެކު ސްޕަވައިޒްކޮށް ބެލެހެއްޓުމަށް)

އުޖޫރަ: މަހަކު -/1500 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ)

  • 11 މަސައްކަތު (އިޖްތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކުރުމަށް)

އުޖޫރަ: މަހަކު -/1200 ރުފިޔާ (ބާރަ ސަތޭކަ ރުފިޔާ)

  • 01 މަސައްކަތު (ކުނި ގޮނޑު ސާފުކޮށް ބެލެހެއްޓުމަށް)

އުޖޫރަ: މަހަކު -/2300 ރުފިޔާ (ދެ ހާސް ތިންސަތޭކަ ރުފިޔާ)

 މަތީގައިވާ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭނެ ޝަރުޠުތައް:

  1. ހުށަހަޅާ ފަރާތަކީ އަސާސީ ޕެންޝަން ފައިސާ ނުވަތަ އެކަނިވެރި މައިން ނުވަތަ ބަފައިން ބަލަހައްޓާ ދަރިންނަށް ދެވޭ އެލަވަންސް ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އެލަވަންސް ލިބޭ ފަރާތެއް ކަމުގައި ނުވުން.
  2. ހުށަހަޅާ ފަރާތަކީ، ސަރުކާރުގެ ނުވަތަ އަމިއްލަ ކުންފުންޏެއްގެ އެއްވެސްކަހަލަ ދާއިމީ ވަޒީފާއެއް އަދާކުރާ ފަރާތެއްކަމުގައި ނުވުން.

މަތީގައިވާ ޝަރުޠުތައް ފުރިހަމަނުވާ ފަރާތްތަކުގެ ހުށަހެޅުންތައް ބާޠިލުކުރެވޭނެއެވެ.

 ޝަރުޠު ފުރިހަމަވާ ފަރާތްތައް އިވެލުއޭޓް ކުރުމުގައި ތިރީގައިއެވާ ކަންތައްތަކަށް ބަލައި ޕޮއިންޓް ދެވޭނެއެވެ.

  1. ޝަރުޠު ފުރިހަމަވުމަށް ( 50 ޕޮއިންޓް )
  2. އިޖުތިމާޢީ ސަރަޙައްދު ސާފްކުރުމުގެ މަސައްކަތު ތަޖުރިބާ ( 20 ޕޮއިންޓް )
  3. ޢުމުރުފުރާ (18 އަހަރާއި 35 އަހާރައި ދެމެދުގެ ޒުވާނުންނަށް 7 ޕޮއިންޓް / 35 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންނަށް 5 ޕޮއިންޓް / 50 އަހަރުން މަތީގެ މީހުންނަށް 3 ޕޮއިންޓް)

އިޖުތިމާޢީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތާއި، ކުނިގޮނޑު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް މީހަކު ހަމަޖެއްސުން:

މިއިޢުލާނާއި ގުޅިގެން އިޖުތިމާޢީ ސަރަޙައްދު ސާފްކުރުމުގެ މަސައްކަތު ސްޕަވައިޒަރުކަމަށާއި، އިޖުތިމާޢީ ސަރަޙައްދު ސާފްކުރުމުގެ މަސައްކަތަށް އަދި ކުނި ގޮނޑު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް އެދި ހުށަހަޅާ ހުށަހެޅުންތައް އިޢުލާނުގައި ހޯދުމަށް ބޭނުންވާ ކަމަށް ބަޔާންކޮށްފައިވާ ޢަދަދަށްވުރެ ގިނަނުވާނަމަ ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ޝަރުޠު ހަމަވޭތޯ ބެލުމަށްފަހު ޝަރުޠުހަމަވާ ފަރާތްތަކާއި މަސައްކަތް ޙަވާލުކުރެވޭނެއެވެ. އަދި ބޭނުންވާ ޢަދަދަށްވުރެ ކުރިމަތިލާފައިވާ މީހުންގެ ޢަދަދު ގިނަނަމަ މަސައްކަތް ޙަވާލުކުރެވޭނީ އިޖުތިމާޢީ ސަރަޙައްދު ސާފްކުރުމުގެ މަސައްކަތަށާއި، ކުނި ގޮނޑު ސާފްކުރުމުގެ މަސައްކަތަށް މީހުން ހޯދުމާއި އައްޔަންކުރުމުގެ އުސޫލާއި އެއްގޮތްވާ ގޮތުގެމަތިން އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކާއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 މާރިޗް 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އިޖުތިމާޢީ ސަރަޙައްދު ސާފްކުރުމުގެ މަސައްކަތާއި، ކުނިގޮނޑު ސާފްކުރުމުގެ މަސައްކަތަށް އެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް ރަސްމީ ގަޑީގައި މި އިދާރައިގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

16 ޖުމާދަލްއާޚިރާ  1438

15 މާރިޗް       2017     

15 މާރިޗު 2017