ދިވެހިރާއްޖެ
ނަންބަރު: IUL)345-CAA/345/2017/16)
އިޢުލާން
ޑަބްލިޔު މޯލްޑިވްސް ރިސޯޓުން ކުނި ގެނެސްދޭނެ ދޯންޏެއް ހޯދުމާބެހޭ:
މިއިދާރާގެ ނަންބަރު (IUL)345-CAA/345/2017/15 (6 މާރޗް 2017) ގައިވާ ޑަބްލިޔު ރިސޯޓުން ކުނިގެނެސްދޭނެ ދޯންޏެއް ހޯދުމަށް ކުރި އިޢުލާނަށް އިޖާބަދީ މަޢުލޫމާތު ސާފްކުރަން ދުރުވި ފަރާތްތަކުގެ އަދަދު އެކަށީގެންވާ ވަރަށް ވުރެ މަދުވުމުގެ ސަބަބުން އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 މާރޗް 2017 ވާ ބުދަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2 އޭޕްރީލް 2017 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ އަގު ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތާއި އަގު ހުށައެޅުމަށް އެހެންފަރާތެއް ފޮނުވާނަމަ ވެރިފަރާތުގެ ސޮއިކޮށްފައިވާ ލިޔުމެއް ފޮނުވަންވާނެއެވެ. ފޮނުވާ އެސްޓިމޭޓް އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ޑަބްލިއު މޯލްޑިވްސް ރިސޯޓުން ކުނިގެނެސްދޭނެ ދޯންޏެއް ހޯދުމާބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.