ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)220-MTR/1/2017/25
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 13:05
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
2017 ވަނަ އަހަރުގެ ކުންފުނި އަހަރީ ފީ ދެއްކުމުގެ ސުންގަޑި

 

އިޢުލާން

 

2017 ވަނަ އަހަރުގެ ކުންފުނި އަހަރީ ފީ ދެއްކުމުގެ ސުންގަޑި

 

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ނަންބަރު 10/96) ގެ ދަށުން ކުންފުނިތަކުގެ އަހަރީ ފީ ދައްކަންޖެހޭ އެންމެ ފަހު ތާރީޚަކީ ކޮންމެ އަހަރެއްގެވެސް 31 މާރިޗެވެ. މި ތާރީޚުގެ ކުރިން އުވާލުމަށް ހުށަހަޅާފައިވާ ކުންފުނިތަކުން އަހަރީ ފީ ދެއްކުން ލާޒިމުވެގެން ނުވެއެވެ.

ވީމާ، 31 މާރިޗު 2017 ވަނަ ދުވަހު ނުވަތަ އޭގެ ކުރިން ކުންފުނިތަކުން އަހަރީ ފީ ދައްކަވައި ޚަލާސްކުރެއްވުމަށް ދަންނަވަމެވެ. އަހަރީ ފީގެ ގޮތުގައި ދައްކަންޖެހޭނީ ޕްރައިވެޓް ކުންފުންޏެއްނަމަ -/2,000 ރުފިޔާ އަދި ޕަބްލިކް ކުންފުންޏެއްނަމަ -/10,000 ރުފިޔާއެވެ.

އެހެނިހެން ޓެކުހާއި ފީއެކޭ އެއްގޮތަށް، ސުންގަޑިއަށް އަހަރީ ފީ ދައްކާފައިނުވާ ކުންފުނިތަކުން، 31 މާރިޗުގެ ފަހުން އަހަރީ ފީ ބަލައިގަނެވޭނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 7 ވަނަ މާއްދައިގެ ދަށުން ޖޫރިމަނާއާ އެކުއެވެ. އެ ގޮތުން  އެޕްރީލް މަސްތެރޭގައި ފައިސާ ބަލައިގަނެވޭނީ -/1,000 ރުފިޔާގެ ޖޫރިމަނާއާ އެކުއެވެ.

އަދި އެޕްރީލް މަސް ނިމުމަށްފަހު މެއި މަހުގެ ތެރޭގައި އަދި އޭގެ ފަހުން ފައިސާ ބަލައިގަނެވޭނީ -/2,500 ރުފިޔާގެ ޖޫރިމަނާއަކާ އެކުއެވެ.

 

މި އިޢުލާނާބެހޭ އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާނަމަ 1415 އަށް ގުޅުއްވުން އެދެމެވެ.

 

16 ޖުމާދަލްއާޚިރާ 1438

15 މާރިޗު 2017

15 މާރިޗު 2017