ދިވެހިރާއްޖެ
މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ | |||||||||||
---|---|---|---|---|---|---|---|---|---|---|---|
ބޭނުންވާ އަދަދު :1 | |||||||||||
ނަންބަރު:(IUL)ADM/GS-56/2017/10 އިޢުލާން ވަޒީފާގެ ފުރުޞަތު
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމުގެ ނަންބަރު: J-130134 ގިންތި: ދާއިމީ ދާއިރާ: އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންވާ އަދަދު: 1 (އެކެއް) ވަޒީފާއޮތް އޮފީސް: ތުޅާދޫސްކޫލް ވަޒީފާއަދާކުރާ ސެކްޝަނާއި ތަން : ތުޅާދޫސްކޫލް ( ބަޖެޓް )
އިތުރު އިނާޔަތްތައް:
(މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް) މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 1- ބިލްތައް އެންޓަރކޮށް އޯޑަރ ފޯމް އެޓޭޗްކުރުން 2- ބިލްތަކުގެ ވައުޗަރ ހެދުމާއި ފައިލްކުރުން 3- ޕޭމެންޓް ވައުޗަރތައް އެސް އޭ ޕީ އަށް އެންޓަރ ކުރުމާއެކު ޕޯސްޓްކުރުން 4- ސަރކިއުލަރތައް އަޕްލޯޑްކުރުން 5- ގަވަމެންޓް އީ-ލެޓަރ މެނޭޖްމަންޓްގެ ކަންތައްބެލުން 6- އެގްރީމެންޓްތައް ތައްޔާރުކުރުމާއި ބެލެހެއްޓުން 7- ސެކްޝަނަށް ލިބޭސިޓީއާއި އެހެނިހެން ތަކެތި ބަލައިގަތުން ހަމަޖެހިފައިވާ ގޮތުގެ މަތިން ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާ އެސިޓީތަކުގެ ޖަވާބު ކަމާބެހޭ ފަރާތަށް ފޮނުވުން 8- މުސާރަ ޝީޓާއި މުވައްޒަފުންގެ ޕެންޝަން ސްކީމްގެ މަސައްކަތް ކުރުން 9- ޕްރޮކިއުމަންޓް މަސައްކަތް 10- ސްޓޮކާއި އިންވެންޓްރީ ޗެކްކުރުން 11- ސްކޫލްގައި ކުރަންޖެހޭ މަރާމާތުތައް ސެކްޝަންގެ އިސްވެރިޔާގެ ލަފާގެމަތިން ރާވާ ހިންގުން ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް - ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. ހުށަހަޅަންޖެހޭ ލިޔުންތައް
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ހ)ސިވިލްސަރވިސްއިންބޭރުވަޒީފާއެއްއަދާކޮށްފައިވާނަމަ،އެވަޒީފާއެއްއަދާކުރިމުއްދަތާއިކުރިމަސައްކަތްބަޔާންކޮށްއެއޮފީހަކުންދޫކޮށްފައިވާލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެނުވަތައަމިއްލަ އިންސްޓިޓިއުޓެއްގެނުވަތައަމިއްލައިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރިމުއްދަތާއިކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި ވަޒީފާއަށް އެދޭ ފޯމު މި ސްކޫލް ގެ ( ތުޅާދޫސްކޫލް ) ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 މާރޗް 26 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ތުޅާދޫސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected]އެވެ. ފެކްސް ނަންބަރަކީ 6601012 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު ކުރުން މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 2017 އޭޕްރީލް 2 އާ 3 އާ ދެމެދު ތުޅާދޫސްކޫލްގައި ނުވަތަ ސްކޫލުން ހަމަޖައްސާ ތަނެއްގައި އޮންނާނެއެވެ. އަދި އިންޓަވިއުއަށް ވަޑައިގަންނަވާއިރު ތަޢުލީމީ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ. ވުމާއެކު، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. މި މަޤާމަށް މީހަކު ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %50 ( ފަންސާސް އިންސައްތަ ) އެވެ. އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600136 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6601012 އެވެ. އީ-މެއިލް އެޑްރެހަކީ [email protected]އެވެ. 1438 ޖުމާދަލްއާޚިރު 14
|