މަސައްކަތް
ނަންބަރު: (IUL)333/333/2017/20
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 11:56
ސުންގަޑި: 05 އޭޕްރިލް 2017 13:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުލުސްދޫ މަގު ބައްތިތައް ދިއްލާ މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއްހޯދުން

ތުލުސްދޫ މަގު ބައްތިތައް ދިއްލާ މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއްހޯދުން

 

 ސުރުހީގައި ދަންނަވާފައިވާ ރަށުގެ މަގުތަކަށާއި އިޖްތިމާޢީ ސަރަޙައްދުތައް އަލިކުރުމަށް ޖަހާފައިހުރި ބައްތިތައް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތައް   ކޮންޓްރެކްޓް އުޞޫލުން މިއިދާރާއިން އޮޓޯ ސުއިޗާއި ތަންމަތި ދިނުމުން  އަމިއްލަތަކެތީގައި މަރާމާތުކޮށް ދިއްލާ ބަލަހައްޓާދޭނެފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ މިމަސައްކަތްކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 މާރިޗު 27  ވާ  ހޯމަ  ދުވަހު 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  2017 އޭޕްރީލް 05 ވާ  ބުދަ ދުވަހުގެ 13:00އަށް އަންދާސީ ހިސާބުހުށަހެޅުއްވުންއެދެމެވެ.

އަންދާސީ ހިސާބް ހުށަހެޅޭނީ ކުންފުންޏެއްގެ ގޮތުގައި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި މިނިސްޓްރީއޮފް އިކޮނަމިކް ޑިވޮލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި ކްލަބް، ޖަމްޢިއްޔާ ފަދަ ފަރާތް ތަކަށް އެކަނިކަމުގައި ދެންނެވީމެވެ. އަންދާސީ ހިސާބާއެކު ވިޔަފާރި،ކުލަބް،ޖަމުޢިއްޔާ ރަޖިސްޓްރޭޝަން ސެޓްފިކެޓް އަދި އައިޑީކާޑްގެ ކޮޕީއެއް ޙުށަހަޅަންވާނެއެވެ. ކުންފުނިން ،ކުލަބް،ޖަމުޢިއްޔާ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަށް މަޢުލޫމާތު ދިނުމުގެ ބައްދަލްވުމާއި،އަންދާސީ ހިސާބް ހުށަހެޅުމަށް ޙާޟިރުވެވެން ނެތިގެން ބަދަލްގައި އެހެން ފަރާތެއް ހަމަޖައްސަވާނަމަ އެފަރާތެއް ހަމަޖެއްސެވިކަމުގެ ރަސްމީ ލިޔުމެއް ގަޑިޖެހުމުގެ ކުރިން މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅާނީ ބަންދުކުރެވިފަވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅާ މަސައްކަތުގެ ނަމާއި ހުށަހަޅާ ފަރާދުގެ ނަން އޮންނަންވާނެއެވެ. 

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 މާރިޗު 2017