މަސައްކަތް
ނަންބަރު: IUL-B/GS152/2017/11
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 10:40
ސުންގަޑި: 23 މާރިޗު 2017 10:00
މަތިވެރި ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީބަލަހައްޓައިދޭނެ ފަރާތެއްހޯދުން

އިޢުލާނު

2017 ވަނަ އަހަރު ސްކޫލުގެސެކިއުރިޓީބަލަހައްޓައިދޭނެފަރާތެއްހޯދުން

 

1 އަހަރު ދުވަހުގެ މުއްދަތަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު IUL-B/GS152/2017/9 (6 މާރިޗު 2017) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވުމުން، އެއިޢުލާން ބާޠިލް ކޮށް އެފުރުސަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި ޚިދުމަތް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2017 މާރިޗު 23 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މިސްކޫލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2017 މާރިޗު 27 ވާ ހޯމަ ދުވަހު ހެނދުނު 10:00 އަށް އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ، މިކަމުގެމަޢުލޫމާތު އެކުލެވޭގޮތަށް މިސްކޫލުން ތައްޔާރުކޮށްފައިވާ އަންދާސީ ހިސާބު ހުށަހަޅާ ފޯމުންނެވެ. މިދެންނެވި ފޯމު މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ދޫކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް މަޢުލޫމާތު ސާފުކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީ ހުށަހަޅަން ވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

16 ޖުމާދަލްއާޚިރާ 1438

15 މާރިޗު 2017

15 މާރިޗު 2017