ކުއްޔަށް ދިނުން
ނަންބަރު: (IUL)335-AS/335/2017/31
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 14:56
ސުންގަޑި: 27 މާރިޗު 2017 13:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓުއަރިޒަމް ޒޯނުން ގެސްޓްހައުސް ހެދުމަށް ބިން ކުއްޔަށް ދޫކުރުމާބެހޭ

އިޢުލާން

ޓުއަރިޒަމް ޒޯނުން ގެސްޓް ހައުސް ހެދުމަށް ބިން ކުއްޔަށް ދޫކުރުމާއިބެހޭ! 

            ކ. ހިންމަފުށީ ހުޅަނގު އުތުރު ތުނޑީ ސަރަހައްދުގައި އޮތް 21,334.63 (އެކާވީސް ހާސް ތިން ސަތޭކަ ތިރީސް ހަތަރު އަކަފޫޓު / ފަސްދޮޅަސް ތިން އިންޗި ) ގެ ޓުއަރިޒަމްޒޯން ގެސްޓް ހައުސް ހަދައި ހިންގުމަށް 30 (ތިރީސް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް، މިކައުންސިލުން ކޮށްފައިވާ  ނަންބަރު (IUL)335-AS/335/2016/68 އިއުލާނާއި ގުޅިގެން ހުށަހެޅި ބިޑްތަކުގެ ތެރެއިން ބާޠިލްވި ބިންތައް ކުއްޔަށް ދޫކުރުމަށް ކ. ހިންމަފުށި ކައުންސިލްގެ ފަރާތުން ފުރުޞަތު ހުޅުވާލައިފީމެވެ.

v     މިއިޢުލާނާއި ގުޅިގެން އަލުން ބިޑުކުރެވޭ ބިންތަކަކަކީ، 2000 ( ދެހާސް ) އަކަފޫޓުގެ 4 ބިމާއި ( ލޮޓް 5، 6، 7، 8 ) ، 5000 ( ފަސްހާސް ) އަކަފޫޓްގެ 1 ބިން ( ލޮޓް 9 ) އެވެ.

v     މިބިންތަކުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ގެސްޓް ހައުސްއެއް ޢިމާރާތްކޮށް، އަދި ޓޫރިސްޓް ގެސްޓް ހައުސް ޢިމާރާތްކުރުމަށްފަހު އެ ޓޫރިސްޓް ގެސްޓް ހައުސް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން، އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި، ބިޑް ޑޮކިއުމަންޓް ބެއްލެވުމަށާއި، ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، 19 މާރޗް 2017 އިން ފެށިގެން27 މާރޗް 2017ދުވަހުގެ މެންދުރުފަހު (13:00) ގެ ނިޔަލަށް، ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 13:00 އާ ދެމެދު އަންނަނިވި އެޑްރެހުގައި، އެކަން ހަމަޖެހިފައިހުންނާނެއެވެ.

މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ

ރޯޝަނީމަގު / ކ. ހިންމަފުށި ، ދިވެހިރާއްޖެ

ޓެލެފޯނު ނަންބަރު: 6642024 ، ފެކްސް ނަންބަރު: 6642024

އީމެއިލް އެޑްރެސް: [email protected]

 

v     މި ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑްޑޮކިއުމަންޓް ބައްލަވައިގަތުމަށް އެދޭ ފޯމު މެދުވެރިކޮށް ކ. ހިންމަފުށީ ކައުންސިލްގެ އިދާރާއަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ކ. ހިންމަފުށީ ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

v     މި ބިންތަކުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ގެސްޓްހައުސްތަށް ޢިމާރާތްކޮށް، އަދި އެ ގެސްޓްހައުސްތައް ޢިމާރާތްކުރުމަށްފަހު އެ ޓޫރިސްޓް ގެސްޓްހައުސްތައް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހި ރައްޔިތުންނަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާޓްނަރޝިޕަކަށް ނުވަތަ ކުންފުންޏަކަށެވެ. މިއިން ޕާޓްނަރޝިޕެއްގައި ނުވަތަ ކުންފުންޏެއްގައި ބިދޭސީ ފަރާތެއްގެ ހިއްސާ އޮވެގެންނުވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/5,000ރ. (ފަސްހާސް ރުފިޔާ) އަށެވެ. ބިޑް ގަތުމަށް ޚަރަދުކުރާ ފައިސާއަކީ އަބުރާދެވޭ ފައިސާއެއް ނޫނެވެ.

v     ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމާއެކުގައި އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅަނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ޑޮކިއުމަންޓުގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްނޫން އެހެންފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ޑޮކިއުމަންޓް ގަތުމަށާއި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާރޓްނަރޝިޕްއަކުން ކަމުގައިވާނަމަ، އެ ޕާރޓްނަރޝިޕްގެ ރެޖިސްޓްރޭޝަން ސެޓްފިކެޓް ގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ވަކި ފަރުދަކު ކަމުގައިވާނަމަ، އޭނާގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

v     ބިޑް ހުށަހެޅުމަށް ފޯމު ގަނެފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން 29 މާރޗް 2017 ދުވަހުގެ 11:00 ގައި މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

v     ބިޑް ހުށަހަޅަންޖެހޭނީ، ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، 06 އޭޕްރީލް 2017 ދުވަހުގެ 11:00 ގައި ކ. ހިންމަފުށީ ކައުންސިލްގެ އިދާރާއަށެވެ.

           ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި، އެއްގޮތަށް ބީލަންފޮތްބައްލަވައިގަނެ މަޢުލޫމާތު ސާފުކުރުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ. މިހެންވެ މިކަންޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.  

            15 ޖުމާދަލް އާޚިރާ 1438

             14 މާރޗް 2017

14 މާރިޗު 2017