މަސައްކަތް
ނަންބަރު: (IUL)418-AS/418/2017/14
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 23 މާރިޗު 2017 13:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުން

އިޢުލާން

އަންދާސީ ހިސާބު ހޯދުން:

ގދ. ނަޑެއްލާ ސަހަރާ އިންފާރު ރޭނުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.  

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު  ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ލިޔުމަކުން މި އިދާރާއަށް އަންގަންވާނެއެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު  ބަލައިގަތުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު  ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީ ހިސާބު  ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ގދ. ނަޑެއްލާ ސަހަރާ އިންފާރު ރޭނުމުގެ ޕްރޮޖެކްޓް" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ގަޑިޔަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

  1. މަޢުލޫމާތު ސާފުކޮށްދިނުން:           19 މާރިޗް 2017 ވާ އާދީއްތަ ދުވަހުގެ   13:00ގައި  
  2. އަންދާސީ ހިސާބު ބަލައިގަތުން:     23 މާރިޗް 2017 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

15 ޖުމާދުލްއާޙިރާ 1438

14 މާރިޗް  2017

14 މާރިޗު 2017