މަސައްކަތް
ނަންބަރު: GS123/EST/IUL/2017/08
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 10:15
ސުންގަޑި: 19 މާރިޗު 2017 10:00
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

 

c

 

އިންނަމާދޫ ސްކޫލް

ރ.އިންނަމާދޫ ، ދިވެހިރާއްޖެ

                                                     ނަމްބަރު:GS123/EST/IUL/2017/08

 

 

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

މިސްކޫލުގެ ރައްކާތެރި ކޮޓަރީގައި ހުރި މަރާމާތު މަސައްކަތް ތައް ކުރުމަށް ބޭނުންވާތީ، އެ މަސައްކަތް ތައް ކޮށްދެވޭނެ

ފަރާތްތަކުން، މި މަސައްކަތުގެ އަންދާސީ ހިސާބު ސްކޫލަށް ހުށަހެޅުމަށް ދެންނެވީމެވެ.

      މި މަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބުތައް ހުންނަންވާނީ ސްކޫލުން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމުފުރިހަމަ ކުރުމަށްފަހު ،ސިޓީ އުރައެއްގައި ބަންދު ކޮށްފައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި " އިންނަމާދޫ ސްކޫލުގެ ރައްކާތެރި ކޮޓަރީގެ މަރާމާތު މަސައްކަތުގެ އަންދާސީ ހިސާބު" މިހެން ލިޔެފައި އޮންނަންވާނެއެވެ.

      މި މަސައްކަތަށް މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ދެވޭނީ، ޙާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 (އެކެއް) ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ،ޙާޒިރު ނުވެވުނު ސަބަބާއި، ފޮނުއްވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ގެންނަވަން ވާނެއެވެ.

      މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ،  ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް

2017 މާރޗް 19 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް

2017 މާރޗް 21 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް

    މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހަށަހެޅުއްވުމަށް ބަޔާންކުރެވިފައިވާ ދުވަސްތަކުގެ ބަޔާންކުރެވިފައިވާ ގަޑިތަކުގައި ވަޑައި ގަންނަވާނީ، އިންނަމާދޫ ސްކޫލުގެ އިދާރާއަށެވެ.

      މަޢުލޫމާތު ސާފުކުރުމަށް ޙާޒިރު ނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި،  އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑީގެ ކުރިންނާއި، ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުން ފުޅުވެލައްވާނަމަ، ރަސްމީގަޑީގައި މި ސްކޫލުގެ ނަމްބަރ 6580359 ފޯނަށް ގުޅުއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.   

15 ޖުމާދަލް އާޚިރާ 1438

14  މާރޗް 2017

                               ޢާއިޝަތު ސަމާ   

                                             ހެޑްއޮފް ސްކޫލް  

 

 

މި އިޢުލާންވަނީ ގެޒެޓްކުރެވިފައެވެ.   އަދި މި އިޢުލާނު ސްކޫލުގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.

                                           6580359 [email protected]                          

14 މާރިޗު 2017