ކުއްޔަށް ދިނުން
ނަންބަރު: (IUL)342/INDIV/2017/22
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 26 މާރިޗު 2017 13:00
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޫގަސްގެ ކުއްޔަށް ދިނުމާއިބެހޭ

އިޢުލާން

ދޫގަސްގެ ކުއްޔަށް ދިނުމާއިބެހޭ:

         މިކައުންސިލުން އިމާރާތްކޮށްފައިވާ ދޫގަސްގޭގެ އިމާރާތާއި ގޯތި 10 އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް ބޭނުންވެއްޖެއެވެ.

                  ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 21 މާރިޗު 2017 ވާ އަންގާރަދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 މާރިޗު 2017 ވާ އާދީއްތަ ދުވަހު 13:00 ށް ބީލަން ހުށަހުޅުއްވުންއެދެމެވެ.

                  ބީލަން ހުށަހަޅުއްވާނީ، މިއިދާރާއިން މި މަސައްކަތުގެ މަޢުލޫމާތު އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާ ބީލަން ފޮތުންނެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ބީލަން ފޮތް ދޫކުރެވޭނެއެވެ. ބީލަން ފޮތެއްގެ އަގަކީ 250/- އެވެ.

                  މިމަސައްކަތަށް ހުށަހަޅުއްވާ ބީލަން ކެނޑުން އިސްވެދެންނެވި ގަޑީގައި މިއިދާރާގައި އޮންނާނެއެވެ. އަދި ބީލަން ކެނޑުމުގެ ބައްދަލުވުމަށް ޙާޞިރުވެވަޑައިނުގަނެވޭނަމަ ސިޓީއަކާއިއެކު ބަދަލުގައި ބޭފުޅަކު ފޮނުއްވިދާނެއެވެ.

                  ބީލަން ހުށަހެޅުއްމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަބީލަންތަކާއި، ބީލަން ގަންނަ ފަރާތް ނޫން އެހެން ފަރާތްތަކުން ހުށަހަޅާ ބީލަންތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6660058 ނަންބަރު ފޯނާއެވެ.

                  މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 ޖުމާދަލްއާޙިރު  1438

13 މާރިޗް 2017

13 މާރިޗު 2017