ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މެދުވެރިކޮށް ޕަވަރ އިންޓަރކަނެކްޝަން ނެޓްވޯކް ޤާއިމުކުރުމަށް
1. މާލެ، ހުޅުލެ، އަދި ހުޅުމާލެއަށް އެއްވިއުގައަކުން ކަރަންޓް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުޞޫލުންނެވެ.
2. މަތީގައި ބަޔާންކުރެވިފައިވާ ރަށްރަށުގައި ޤާއިމުކުރެވިފައިވާ ކަރަންޓު ވިއުގަ ބޭނުންކޮށްގެން، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ޤާބިލުކަން މި އިންޓަރކަނެކްޝަން ނެޓްވޯކުގައި ހުންނަން ޖެހޭނެއެވެ.
3. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާ ފަރާތްތަކަކީ މިފަދަ މަޝްރޫއެއް ހިންގުމަށް ބޭނުންވާ މާލީ ޤާބިލުކަންހުރި ފަރާތަކަށް ވާންޖެހޭނެއެވެ.
4. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމެނޭގޮތަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ތިރީގައިވާ އެޑްރެހަށެވެ.
ހ) ކޮމްޕެނީ ޕްރޮފައިލް
ށ) ހައި ވޯލްޓޭޖް އިލެކްޓްރިކް ނެޓްވޯކް އެޅުމާއި، ސަބްސްޓޭޝަން ބެހެއްޓުމާއި މިފަދަ މަސައްކަތައް ބެނުންވާ ޕްރޮކިއުމަންޓް މަސައްކަތް ކޮށްފައިވާ ފަރާތަކަށްވުން
ނ) މަޝްރޫއަށް ބޭނުންވާ ފަންޑު ހޯދުމުގެ ގާބިލުކަން ސާބިތުކޮށްދިނުން
ރ) މަޝްރޫއުކުރިއަށް ގެންދިއުމަށް ހުށަހަޅާ ގޮތުގެ ޚުލާސާ
5. ޝައުޤުވެރިކަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުކުރެވޭ ފަރާތްތަކަށް ޑީޓެއިލްޑް ޕްރޮޕޯސަލް ހުށަހެޅުމަށް ދައުވަތު ދެވޭނެއެވެ
6. "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުމުގެ އެންމެ ފަހު ތާރީޚަކީ 03 އެޕްރީލް 2017ވާ ހޯމަ ދުވަހުގެ 1300ގެ ކުރިންނެވެ. އަދި "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހަޅާނީ ޕޯސްޓް ނުވަތަ އީމެއިލް މެދުވެރިކޮށެވެ.
7. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުވުމުން ނުވަތަ އީމެއިލް ކުރުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.
އަޙްމަދު މުޖުތަބާ،
ޑިރެކްޓަރ ޖެނެރަލް،
ނޭޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގ،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީ މަގު، މައްޗަންގޮޅި،
މާލެ، 20392، ދިވެހިރާއްޖެ
އީމެއިލް: [email protected]
ކޮޕީ: [email protected]