ވަޒީފާގެ ފުރުޞަތު
ނަންބަރު: GS209/IUL/2017/006
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 10:05
ސުންގަޑި: 23 މާރިޗު 2017 13:00
ފިޔޯރީ ސްކޫލް، ގދ. ފިޔޯރީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ފިޔޯރީ ސްކޫލް

FIYOAREE SCHOOL

ގދ.ފިޔޯރީ، ދިވެހިރާއްޖެ

Gdh. Fiyoaree, Republic of Maldives

                

   ތާރީޚް:13 މާރޗް 2017                                         ނަންބަރު:GS209/IUL/2017/006    

ވަޒީފާގެ ފުރުޞަތު

 

 

   މަޤާމް:                         އެޑްމިނިސްޓްރޭޓިވް އޮފިސަރ

   މަޤާމްގެ ނަންބަރ: J 117900             

   ބޭނުންވާ އަދަދު:                01

   ރޭންކް:                     ޖީ. އެސް 3

   ކްލެސިފިކޭޝަން :               އޮފިސަރ ގްރޭޑް 1  

   މުސާރަ :                    -/4465ރުފިޔާ

   ސަރވިސް އެލަވަންސް:            -/1500 ރުފިޔާ

   މަޤާމް ފާއޮތް އޮފީސް:            ފިޔޯރީ ސްކޫލް

   ގިންތި:                      ދާއިމީ

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :    އިދާރީ ސެކްޝަން

އެހެނިހެން އިނާޔަތް:            ސިވިލްސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެމަތިން، ސިވިލްސަރވިސްގެ މުވައްޒަފުންނަށް  ދެވޭ އިނާޔަތްތައް (އިތުރުގަޑީގެ ފައިސާ، ރަމަޟާންމަހުގެ އިނާޔަތް) ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ލިބޭނެއެވެ. އަދި ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

 

1-      މުޢައްސަސާގެ ހުރިހާ މުވައްޒަފުން ހާޟިރުވުން ބެލޭނެ ނިޒާމް ފުރިހަމަކަން ކަށަވަރުކޮށް، އެކަމާއި ގުޅިގެން ފުރިހަމަކުރަންޖެހޭ ކަންތައްތައް ކަމާއިގުޅުންހުރި ފަރާތްތަކުގެ އެހީތެރިކައިއެކު ފުރިހަމަކުރުން.

2-      ކޮންޓްރެކްޓަށް ނަގާމުވާއްޒަފުންނާއި، ރިސޯސްކޮށް ނަގާ މުވައްޒަފުންގެ އެއްބަސްވުންތައް ތައްޔާރުކޮށް އެފަދަ މުވައްޒަފުންގެ ރެކޯޑް ބެލެހެއްޓުން.

3-      ކޮންމެ ދުވަހަކު ގަޑިޖެހޭ މުވައްޒަފުންނާއި، އޮފީހަށް ހާޟިރުނުވާ މުވައްޒަފުންގެ ރެކޯޑް ހެނދުނު 7:00ގައި އ. އެޑްމިނިސްޓްރޭޓަރ އަދި ލިޑިންގ ޓީޗަރުންނާއި ހިއްސާކުރުން.

4-      ކޮންމެ މަހެއް ނިމުމުން އެމަހެއްގެ ހާޟިރީ ރިޕޯރޓް ތައްޔާރުކޮށް ވެރިޔާ ލައްވައި ސޮއިކުރުވުން.

5-      ސްކޫލަށް އަންނަ ހުރިހާ ލިޔެކިޔުންތައް އެންޓްރީކޮށް ޖަވާބް ފޮނުވަންޖެހޭ ފަރާތްތަކަށް ޖަވާބް ފޮނުވުމަށްފަހު ބަރާބަރަށް ފައިލކުރުން.

6-      ސްކޫލްބޯޑާއި، ޕީ.ޓީ.އޭގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ރެކޯޑް ބެލެހެއްޓުން.

 

7-      ސްޓޮކަށް ހޯދަންޖެހޭތަކެތި ހޯދުމާއި ގުޅޭ ހުރިހާ ލިޔެކިޔުންތައް ތައްޔާރުކޮށް އެލިޔެކިޔުން ފައިލްކޮށް ބެލެހެއްޓުން

 

ޝަރުތު: 

                                                  

                                                  

1.      އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 

2.      ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  

-          ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު

-          މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

-          މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް                       

 

އިންޓަރވިއު ކުރުން

 

ހ. (ވަޒީފާއަށް/ މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު  ބާއްވާ ތަނާއި ތާރީޚް ،އިއުލާންގެ މުއްދަތު ހަމަވާތާ 5 ދުވަހުގެ ތެރޭގައި   ލިޔުމުން އެންގޭނެއެވެ

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (www.csc.gov.mvއަދި މިސުކޫލުގެ ކައުންޓަރުން ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ.) އިން ލިބިވަޑައިގަންނަވާނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

 

 

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

-       ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ފިޔޯރީ ސްކޫލަށެވެ

-       ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 23 މާރޗް 2017 ވަނަ ދުވަހުގެ މެންދުރު 1:00ގެ ކުރިން

-       އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާތިލްކުރެވޭނެއެވެ.

 

ޝޯޓްލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާބަޔަކުން އެނެމެދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %30އެވެ.

 

 

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ފިޔޯރީ ސްކޫލުގެ  ގެ ނަންބަރު 7983086   ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. 

13 މާރިޗު 2017