ކުއްޔަށް ދިނުން
ނަންބަރު: GS158/I/2017/16
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 19:43
ސުންގަޑި: 15 މާރިޗު 2017 00:00
ދަނގެތީ ސްކޫލް، އދ. ދަނގެތި
ދިވެހިރާއްޖެ
ބެލެނިވެރިންގެ ޝޮޕް-1 ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމާއި ގުޅޭ.

މިސްކޫލުގެ ގޯތީގެ އިރު ދެކުނު ކަންމަތީގައި ޢިމާރާތްކޮށްފައިވާ ޝޮޕް  ކުއްޔަށްދޭން ބޭނުންވާތީ އެކަން ޢާއްމުކޮށް އެންގުމުގެގޮތުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށްޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން 15 މާރޗް  2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 މާރޗް 2017 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިސްކޫލުގެ އިދާރާއަށް ކުއްޔަށް ހިފަން ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ހުށައެޅުންތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ހުށައެޅުން ބަލައިނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި މިސްކޫލުގެ  ނަންބަރު 6680803 ފޯނަށް  ގުޅުއްވުން އެދެމެވެ. 


 

                       13 ޖުމާދިލް އާޚިރާ 1438

                       12 މާރޗް    2017

12 މާރިޗު 2017