ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS-72/PTA/2017/02
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 20 މާރިޗު 2017 13:00
ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
12 ޓީވީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

މި އިޢުލާންވަނީ 09 މޭ 2017 12:40 ގައި ބާތިލް ކުރެވިފައެވެ.


އިއުލާން ނަންބަރ: GS-72/PTA/2017/02 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

12 ޓީވީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

މި ސްކޫލަަށް 12 ޓީވީ ސަޕްލައިކޮށްދޭނެ ފަރާތެއްް ހޯދަން ބޭނުންވެގެން ކުރެވުނު އިއުލާން ނަންބަރު GS-72/PTA/2017/01 އާއި ގުޅިގެން ބިޑް ހުށައެޅުމަށް ހާޒިރުވީ 2 ފަރާތަކުން ކަމުގައިވާތީ އެއިއުލާން ބާޠިލްކޮށް އަލުން އިއުލާން ކުރަމެވެ.

ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކުގައި ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.  އަދި ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީހިސާބު ހުށައެޅޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށައެޅުމާއި ބަލައިގަތުން

2017 މާރިޗު 15 ވާ ބުދަ ދުވަހުގެ 13:00 އަށް

2017 މާރިޗު 20 ވާ ހޯމަ ދުވަހުގެ 13:00 އަށް

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ ގުޅުއްވާނީ 6528041 ނަންބަރު ފޯނަށެވެ.

 

12 މާރިޗު 2017