ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2017/07
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 11:30
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުއްވާ ތަކެތި ޕާކުކުރުން މަނާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅުން

އިޢުލާން  

ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހުޅަނގު އުތުރު ކަންމަތިން ފެށިގެން ހުޅަނގު ދެކުނު ކަންމައްޗާއި ހަމަޔަށް ކުޑަގަނޑުވަރުމަގު ހިމެނޭ ސަރަޙައްދަކީ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން އަދި ރަށާއި ރަށުން ބޭރުން ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކުން އެންމެ ގިނައިން ހިނގާ ބިނގާވެ އުޅޭ ސަރަޙައްދަކަށްވުމުގެ އިތުރުން ދުއްވާ އެއްޗިހި ވަރަށްގިނައިން ދުއްވާ މިރަށުގައި އެންމެ ކާރުބާރުބޮޑު ސަރަޙައްދަށްވުމާއި އެސަރަޙައްދުގައި ދުއްވާ އެއްޗިހި ޕާކް ކުރަމުން ދިއުމުގައި ވާރޭވެހޭ ދުވަސްވަރެއްގައި ނަމަ ޢާންމުކޮށް ދުއްވާ އެއްޗިހި ޕާކު ކޮށްފައި ހުންނަނީ ސަރަޙައްދުގައި ފެން ހަރުލާފައި ނުހުންނަ ތަންތަނުގައި ކަމަށްވުމާއެކު ސްކޫލް ދަރިވަރުން ގެންގޮސް ގެންދިއުމުގައި ބެލެނިވެރިންނާއި ދަރިވަރުންނަށްވެސް އަދި އެސަރަޙައްދުން ހިނގާ އެހެނިހެން ފަރާތްތަކަށްވެސް ވަރަށްބޮޑެތި ދަތިތަކެއް ފޯރަމުންދާތީ މަރުކަޒުގެ ހުޅަނގު އުތުރު ކަންމަތިން ފެށިގެން ހުޅަނގު ދެކުނު ކަންމައްޗާއި ހަމަޔަށް ކުޑަގަނޑުވަރުމަގު ހިމެނޭ ސަރަޙައްދަކީ ދުއްވާ އެއްޗިހި ޕާކު ކުރުން މަނާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައިފައިވާތީ ދެންނެވީމެވެ.  

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

09 މާރިޗު 2017