ދިވެހިރާއްޖެ
އިޢުލާން
މަޤާމް : މަސައްކަތު .(ވަގުތީ)
ކޮންޓްރެކްޓްގެ މުއްދަތު: 01 އަހަރު
ބޭނުންވާ ޢަދަދު : 01 (18 އަހަރު ފުރި 65 އަހަރު ފުރިފައިވާ މީހެއްކަމުގައި ނުވުން )
ރޭންކް : އެސް.އެސް 1
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް
އޮފީސް/ އިދާރާ : ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ.
ސެކްޝަން / ޔުނިޓް : އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް
ވަޒީފާ އަދާ ކުރަންޖެހޭ ތަން : ދ.ކުޑަހުވަދޫ ކައުންސިލްގެ އިދާރާ (ކުޑަހުވަދޫ ރަސްމީ ފުޓްބޯޅަދަނޑު)
ވަޒީފާގެ މަސައްކަތު ވަގުތު:
ހަފްތާއަކު 6 ދުވަހު ދުވާލަކު 7 ގަޑީއިރު.
މަޤާމުގެ ޝަރުޠުތައް:
1- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން،
2- ގިނަވަގުތުގައި މަސައްކަތުގައި އުޅެވޭނެ މީހަކަށްވުމާއި، ދުޅަހެޔޮ ސިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން
މަޤާމުގެ މަސްއޫލިއްޔަތުތަކާ ވާޖިބްތަކުގެ ޚުލާޞާ.
1- ދަނޑަށް ފެންޖެހުމުގެ މަސައްކަތްކުރުން
2- ދަނޑުގެ އެތެރެއާއި ބޭރު ވިނަނޮޅުމުގެ މަސައްކަތްކުރުން
3- ދަނޑުން އުފެދޭ ކުނިތައް އުކާލުމުގެ މަސައްކަތް ކުރުން .
4- ކައުންސިލް އިދާރާއިން އަންގަވާ ގޮތެއްގެ މަތިން ދަނޑަށް ބޭސްޖެހުމުގެ މަސައްކަތްކުރުން
5- ކައުންސިލް އިދާރާއިން އަންގަވާ ގޮތެއްގެ މަތިން އިތުރު ގަޑީގައި މަސައްކަތް ކުރުން.
6- ދަނޑުގައި ފުޓުބޯޅަ މުބާރާތެއް ހިނގާނަމަ ކައުންސިލުން ކަނޑައަޅާގޮތަކަށް އެމަސައްކަތުގައި ބައިވެރިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ތައުލީމާއި ،ތަމްރީން ، މަސައްކަތު ތަޖްރިބާ ،މަސައްކަތުގެ ހުނަރާއި ،ފެންވަރާއި ޤާބިލްކަމާ ސިފަތަށް މިބައިތަކުން އެންމެމަތިން ސްކޯކުރާ ފަރާތް : (މެރިޓް އުޞޫލުން )
އިންޓަރވިއު ޕްރެކްޓިކަލްސް އޮންނާނެ ތަނާއި ،މުއްދަތު:
އިންޓަވިޔުއޮންނާނީ 2017 މާރިޗް 21 ން ފެށިގެން ރަސްމީ 3 ދުވަހުގެ މުއްދަތަށް ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގައެވެ. ވަޒީފާއަށްއެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަވަންވާނެއެވެ. އިންޓަރވިއުގެ މުއްދަތުގައި ރަށުގައި ނޫޅުއްވާ ފަރާތްތަކާއި އިންޓަވިއު ނުކުރެވި، އެފަރާތެއްގެ ވަޒީފާ ގެއްލުމުގައި މިއިދާރާއިން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
2017 މާރިޗް 19 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް ވަޒީފާއަށްއެދޭ ފޯމުންނެވެ. ވަޒީފާއަށް އެދޭ ފޯމް މިއިދާރާއިން ރަސްމީގަޑީގައި ލި ބެން ހުންނާނެއެވެ.
އުޖޫރައާއި ޢިނާޔަތް ތައް :
އަސާސީ މުސާރަ: މަހަކު 3100.00 ރުފިޔާ
އެލަވަންސް މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 60.00 ރ
މީގެ އިތުރުންވެސް އިތުރު ގަޑީގައި މަސައްކަތްކުރުވައިފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް.
2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލައި މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
4- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
5- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި ، މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް. ސިވިލްސާރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމް.
ނޯޓު: މި އިޢުލާނުގައި ދެންނެވިފައިވާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަޞްލާ އެއްގޮތްކަން ކަށަވަރުކުރާނީ، ހަމައެކަނި އިންޓަރވިއުއަށް ހޮވޭ މީހުންގެ ލިޔުންތަކެވެ. އެކަން ކަށަވަރު ކުރާނީ، އިންޓަރވިއުއަށް އެމީހަކު ޙާޟިރުވާއިރު އެލިޔުންތަކުގެ އަޞްލު ގެނެސް ލިއުންތައް އޭގެ އަޞްލާ އެއްގޮތްކަމަށް ކަށަވަރުކޮށް މިއިދާރާއިން ކޮޕީ ލިޔުމުގައި ސޮއިކޮށް ތާރީޚް ޖަހައިގެންނެވެ.
ނޯޓު: މި ވަޒިފާއަށް ނެގޭ މުވައްޒަފުންގެ މަސައްކަތައް ބަލައި މަސައްކަތައް ޤާބިލް ނަމަ މި އިދާރާއިން ބޭނުންވެއްޖެ ހިނދެއްގައި އެފަރާތެއްގެ ކޮންޓްރެކްޓް 01 އަހަރުދުވަހުގެ މުއްދަތަށް އިތުރުކޮށްދެވޭނެއެވެ.
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ ނަންބަރު 6760522 ފޯނަށެވެ. އީ މެއިލްކުރައްވާނީ [email protected] އަށެވެ.