ވަޒީފާގެ ފުރުޞަތު
ނަންބަރު: GS144/2017/IUL/03
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 19 މާރިޗު 2017 14:00
ދިއްފުށީ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ 

މަޤާމުގެ ނަންބަރު: 266028-J

ބޭނުންވާ އަދަދު: 01 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

ސެކްޝަން: އިދާރީ

މަޤާމްއޮތް އޮފީސް: ދިއްފުށީ ސްކޫލް / ކ.ދިއްފުށި

ވަޒީފާ އަދާކުރަން ޖެހޭ ތަން: ދިއްފުށީ ސްކޫލް / ކ.ދިއްފުށި

މުސާރަ: މަހަކު -/5020 ރުފިޔާ

ސަރވިސް އެލެވަންސް: މަހަކު -/1500 ރުފިޔާ

އިތުރު ޢިނާޔަތްތައް:

        1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

        2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

        3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

        1.ސްކޫލްގެއިދާރީ އަދި ފައިސާއާއިގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން:

        1. ޗުއްޓީ އާއި މުވައްޒަފުން އަދި ދަރިވަރުންގެ ރެކޯޑްތައް ބެލެހެއްޓުން( މުވައްޒަފުންގެ ފައިލްތަކާއި ސަލާމާއި ރެކޯޑްތައް އަދި ދަރިވަރުންގެ ފައިލްތައް ބެލެހެއްޓުން)

 

        2. ސްޓޮކް ބެލެހެއްޓުމާއި އިންވެންޓްރީ ބެލެހެއްޓުން( ސްކޫލަށްގެނެވޭ ރިކަރެންޓް ތަކެއްޗާއި ކެޕިޓަލް ތަކެތިސްޓޮކާއި އިންވެންޓްރީގައިލިޔެ ބެލެހެއްޓުން)

 

        3. އޯލެވެލް އިމްތިހާނުގެ އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.

        4. ބަޖެޓާއި ގުޅޭ އެންމެހައި މަސައްކަތްކުރުން (ފައިސާގެ އެންމެހާ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވުމާއިއެކު)

        5. އަހަރީ ރިޕޯޓާއި ޙާޟިރީ ރިޕޯރޓް އަދި ސްޓެޓިސްޓިކް ރިޕޯޓް ހަދާ ފޮނުވަން ޖެހޭފަރާތްތަކަށް ފޮނުވުން.

        6. ސްކޫލަށް ބޭނުންވާތަކެތި ހޯދުމަށާއި، ތަންތަނަށްދައްކަން ޖެހޭ ފައިސާ ދެއްކުމަށް ރަށުންބޭރަށް ދާންޖެހޭ 

ޙާލަތްތަކުގައި ދިއުން.

        7. އިދާރީ ލިޔެކިޔުމާއި ގުޅޭ އެއްމެހައި މަސައްކަތްކުރުން.

        8. ދަރިވަރުންގެ ފަންޑް އަދި ބެލެނިވެރިންގެ ފަންޑާގުޅޭ އެއްމެހައި މަސައްކަތްކުރުން.

        9. ބޯފެނުގެ ނިޒާމް ބެލެހެއްޓުން އަދި މަރާމާތު މަސައްކަތްތައް އެސްޓިމޭޓް އުސޫލުން ކުރުވާ ބެލެހެއްޓުން.

        10. ކިޔަވައިދިނުމަށާއި އެކި ބައްދަލުވުންތަކަށް މަސައްކަތު މީހުންލައްވާ ކުލާސްތައް ތައްޔާރުކުރުން.

        11. މަސައްކަތު ބޭފުޅުންގެ މަސައްކަތްތައް މޮނީޓަރކޮށް ބެލެހެއްޓުން.

        12. ސްކޫލުން އަންގާގޮތެއްގެ މަތިން އިތުރުޚަރަކާތްތަކަށް އެހީތެރިކަން ދިނުން.

        13. މަސައްކަތު މުވައްޒަފުންގެ މަސައްކަތްތައް މޮނީޓަރކުރުން.

        14. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން ދިވެހިރާއްޖޭގެ ވަޒީފާއާބެހޭޤާނޫނާއި ދިވެހި ސިވިލް ސާރވިސްގެޤާނޫނުނާއިޤަވައިދުތަކާއި އެއްގޮތްވާގޮތުގެމަތިން މިއޮފީހުން އަންގާމަސައްކަތްކުރުން. 

މަޤާމުގެ ޝަރުޠުތައް: 

        1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްގެ ސަނަދެއް ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

        2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

        3. ސާނަވީ  އިމްތިޙާނަކުން  2 މާއްދާއިން ދަށްވެގެން  'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ  ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

        މިމަޤާމަށް މީހަކު ހޮވުމުގައި ބަލާނީ ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި،  ފެންވަރާއި ޤާބިލުކަމުގެ ސިފަތަކަށުވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

        1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު 

        2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

        3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 

        4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

        5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

         (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

         (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.  

         (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

        6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

        7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ. 

        8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

         (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

         (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  

        ވަޒީފާއަށް އެދޭ ފޯމު ދިއްފުށީ ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 މާރިޗް 2017 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ދިއްފުށީ ސްކޫލް އޮފީހަށް ށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.

        އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

        މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 20 މާރިޗު 2017 އާއި 28 މާރިޗު 2017 އާ ދެމެދު، ދިއްފުށީ ސްކޫލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:       

        މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ؛

       ޖުމްލަ  އިންސައްތަ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

       މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640522 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

                

10 ޖުމާދަލްއާޙިރް 1438

09 މާރޗް 2017

 

 

 

 

  

 

 

 

  

 

 

           

  

09 މާރިޗު 2017