ދިވެހިރާއްޖެ
މި މިނިސްޓްރީގެ ނަންބަރު (IUL)138-DS2/138/2017/8 (20 ފެބްރުއަރީ 2017) އިޢުލާނާއި ނަންބަރު (IUL)138-DS2/138/2017/7 (02 ފެބްރުއަރީ 2017) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.
ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން، ގދ. ތިނަދޫގައި ޢިމާރާތްކުރާ 120 ފްލެޓްގެ ތެރެއިން A ކެޓަގަރީ އަދި B ކެޓަގަރީގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން، ފޯމުގައި ދެއްވާފައިވާ ގޯތި ގެދޮރުގެ ތަނަވަސްކަމާގުޅޭ މަޢުލޫމާތުގެ ސައްޙަކަން ޗެކްކުރުމަށް ގދ. ތިނަދޫ ކައުންސިލަށް ހުށަހަޅަންޖެހޭ ފޯމުގައިވާ މަޢުލޫމާތުގެ ތެރެއިން، ސަރުކާރުގެ ގުޅުންހުރި އެހެން އިދާރާތަކުން، ސާފުކުރަންޖެހޭ މަޢުލޫމާތު، ގދ. ތިނަދޫ ކައުންސިލަށް ލިބުމުގައި ލަސްވަމުންދާތީ، 15 މާރިޗް 2017ގެ ނިޔަލަށް މި މިނިސްޓްރީއަށް ހުށަހަޅަންޖެހޭގޮތަށް އިޢުލާންކުރެވިފައިވާ މުއްދަތު 22 މާރިޗް 2017 ގެ ނިޔަލަށް އިތުރުކޮށް، މިކަން ޢާއްމުކޮށް އިޢުލާންކުރީމެވެ.
އަދި ގދ.ތިނަދޫގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން، މާލެ ދުރުވެ، މި މިނިސްޓްރީއަށް ފޯމު ހުށަހެޅުއްވުމަށް ދަތިފުޅުވާ ފަރާތްތަކުގެ ފޯމުތައް މާރިޗް 20، 21 އަދި 22 މި ތާރީޚްތަކުގައި ގދ. ތިނަދޫ ކައުންސިލްގެ އިދާރާގައި މި މިނިސްޓްރީގެ ފަރާތުން ފޯމުތައް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމުގައިވެސް ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.