ކުއްޔަށް ހިފުން
ނަންބަރު: (IUL)447-PR/1/2017/ 25
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި: 13 މާރިޗު 2017 13:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ޕަބްލިކް ވަރކްސް ސަރވިސަސްގެ IUL)447-PR/1/2017/21) ނަންބަރު އިޢުލާންއިން ކުރުމަށް ހަމަޖެހިފައިވާ  މަސައްކަތަށް ބަދަލު އައުމާއި ގުޅިގެން އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

މަސައްކަތުގެ ތަފްސީލް

ހ- ށ.ފޭދޫއިން 01 އެކްސްކަވޭޓަރ، 01 ޑަމްޕް ލޮރީ، 01 ޑަބަލް ކެބް، 01 ޓްރެކްޓަރ އަދި 01 ކޮމްޕެކްޓަރ ހދ.ކުޅުދުއްފުއްޓަށް ގެންދިއުން.

ށ- ށ.ފޭދޫއިން 01 އެކްސްކަވޭޓަރ (350ގެ) އަދި 01 ލޯޑަރު ރ.ކިނޮޅަހަށް ގެންދިއުން.

 

ހުށަހަޅަންވީ ތަކެތި

ހ- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓާއި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަންގެ ކޮޕީ)

ށ- މަސައްކަތުގައި ފާއިތުވެދިޔަ 05 އަހަރު ދުވަހު ލިބިފައިވާ ތަޖުރިބާ (މި ގޮތުން މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ 2017 ގެ މި ދުވަހުން ފެށިގެން ފާއިތުވެ ދިޔަ 5 އަހަރު ތެރޭ ކުރައްވާފައިވާ މި ބާވަތުގެ މަސައްކަތާއި ގުޅޭގޮތުން މަސައްކަތް ހަވާލު ކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުމަށެވެ.) މި ގޮތުން މާކްސް ދެވޭނީ ގިނަވެގެން 03 ލިޔުމަށެވެ.

 

އަންދާސީ ހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްސީލް

ހ- އަގު: 60 ޕޮއިންޓް

ޕޮއިންޓް =  {(އެންމެ ހެޔޮ އަގު) / (ހުށަހެޅި އަގު) 60X}

ށ- ސައިޒު (ޓަނޭޖް): 30 ޕޮއިންޓް

ޕޮއިންޓް = (އެންމެ ބޮޑު ސައިޒް/ (ހުށަހެޅި ސައިޒް) 30X)    

ނ- މަސައްކަތު ތަޖުރިބާ: 10 ޕޮއިންޓް

ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 01 ލިޔުން = 2.5

ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 02 ލިޔުން = 05

ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 03 ލިޔުން = 10

 

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕަބްލިކް ވަރކްސް ސަރވިސަސް                                                                 

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ    

އިއްޒުއްދީން މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ބިޑު ހުޅުވުން:

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 13 މާރިޗު 2017 ވާ ހޯމަ ދުވަހުގެ 13:00 ގައި  ޕަބްލިކް ވަރކްސް ސަރވިސަސްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 13 މާރިޗު 2017 ވާ ހޯމަ ދުވަހުގެ 13:00  އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް މި ސަރވިސަސްގެ ނަންބަރު 3020853 ފޯނަށް ގުޅުއްވުން އެދެމެވެ.

 

09 ޖުމާދުލްއާޚިރާ 1438 

 

08 މާރިޗު 2017