ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-DS2/138/2017/8
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 15 މާރިޗު 2017 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގދ. ތިނަދޫގައި ޢިމާރާތްކުރާ 120 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ގޯތިގެދޮރުގެ ތަނަވަސްކަން ޗެކްކުރުން

މި މިނިސްޓްރީގެ ނަންބަރު (IUL)138-DS2/138/2017/7  (2 ފެބްރުއަރީ 2017) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ. 

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން، ގދ. ތިނަދޫގައި ޢިމާރާތްކުރާ 120 ފްލެޓްގެ ތެރެއިން A ކެޓަގަރީ އަދި B ކެޓަގަރީގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން، ފޯމުގައި ދެއްވާފައިވާ ގޯތި ގެދޮރުގެ ތަނަވަސްކަމާގުޅޭ މަޢުލޫމާތުގެ ސައްޙަކަން ސާފުކުރުމަށް ތައްޔާރުކުރެވިފައިވާ ފޯމު، މި މިނިސްޓްރީއަށް ހުށަހެޅުމުގެ މުއްދަތު 15 މާރިޗް 2017ގެ ނިޔަލަށް އިތުރުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. 

ވީމާ، ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ކޮންމެ ފަރާތަކުންވެސް އެ ފަރާތެއްގެ ގޯތިގެދޮރުގެ ތަނަވަސްކަން ބަލައި ޗެކްކުރުމަށް ތައްޔާރުކުރެވިފައިވާ ފޯމު ފުރުއްވުމަށްފަހު ގދ.ތިނަދޫ ކައުންސިލަށް ވީ އެންމެ އަވަސް ފުރުޞަތެއްގައި ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމުގައިވާ މަޢުލޫމާތުގެ ޞައްޙަކަން، ގދ. ތިނަދޫ ކައުންސިލް މެދުވެރިކޮށް ޗެކްކުރުމަށްފަހު، 15 މާރިޗް 2017 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

08 މާރިޗު 2017