ދިވެހިރާއްޖެ
ފެކަލްޓީ އޮފް އެޑިޔުކޭޝަން
މައްޗަންގޮޅި އަމީނީމަގު،
މާލެ، ދިވެހިރާއްޖެ
ފޯން:3345303
ފެކްސް:3313425
www.mnu.edu.mv
ނަންބަރު: 153-FE/2017/06
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މިފެކަލްޓީގެ ނަންބަރު: 153-FE/2017/05 އިޢުލާނަށް އެއްވެސް ފާރަތަކުން އިޖާބަދެއްވާފައިވުނާތީ މިއިޢުލާން ބާތިލްކޮށް، ތިރީގައި މިދަންނަވާ ދެ މާއްދާގެ އައުޓްލައިން ލިޔެދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
- ފަންޑަމެންޓަލްސް އޮފް މިއުޒިކް (ތިއަރީ އެންޑް ޕްރެކްޓިސް)
- މިއުޒިކް ޓީޗިންގ އެންޑް ޕަރފޯމަންސް
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް، 2017 މާރިޗު 13 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ށް ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 މާރޗް 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިފެކަލްޓީއަށް ވަނަވަރާއި ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބަލައިގަނެވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު ވަޑައިގެން މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކުގެ ޕްރޮޕޯސަލްތަކެވެ.
09 ޖުމާދަލްއާޚިރާ 1438
08 މާރިޗު 2017