މަސައްކަތް
ނަންބަރު: MWSC-A/7/ADV/2017/020
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 12:20
ސުންގަޑި: 19 މާރިޗު 2017 23:59
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީ އިން ހދ.ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ފެން ކިއޮސްކް ހިންގައިދޭނެ ފަރާތެއް ހޯދުން - ރީޓެންޑަރ

  ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

 

މިކުންފުނީގެ ފަރާތުންދޭ ދޭ މަޢުލާމާތާއި އެއްގޮތްވާގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީ  އިން ހދ.ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ފެން ކިއޮސްކް ހިންގައިދޭނެ ފަރާތެއްް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން (ނަމްބަރުMWSC-A/7/ADV/2017/014 :) އަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީވެ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 200.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 09 މާރިޗް 2017 އިން 19 މާރިޗް 2017 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 03:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، ދެވަނަ ފަންގިފިލާ) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 20 މާރިޗް 2017 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ އިންނެވެ.

ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 22 މާރިޗް 2017 ވާ ދުވަހު 11:00 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 29 މާރިޗް 2017 ވާ ދުވަހު 11:30 އެވެ. ޕްރީބިޑް މީޓިންގް އަދި ޕްރޮޕޯސަލް ހުށައެޅުން އޮންނާނީ އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ) އާއި ހދ. ކުޅުދުއްފުށި ފުރަންޓު އޮފީހުގައެވެ.

 

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

08 މާރިޗް 2017

08 މާރިޗު 2017