ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 166-Reg/166/2017/17
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 25 މާރިޗު 2017 00:00
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީތަޢުލީމުގެ ފުރުސަތު

މަތީތަޢުލީމުގެ ފުރުސަތު

ސާރކް ޤައުމުތަކުގެ ފަރާތުން ނިއުދިއްލީގައި ހިންގަމުންދާ ސައުތުއޭޝިއަން ޔުނިވަރސިޓީގައި މާސްޓަރސް އަދި ޕީ.އެޗް.ޑީ ފެންވަރުގައި ކިޔެވުމުގެ ފުރުޞަތު ސާރކްގެ ހުރިހައި ޤައުމުތަކުގެ ދަރިވަރުންނަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. މިގޮތުން މިއަހަރު ޖުލައި މަހުގައި ފެށޭ ކޯސްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ފުރިހަމަ ކުރުމަށްފަހު މިއަހަރުގެ 25 މާރިޗުގެ ނިޔަލަށް ސައުތު އޭޝިއަން ޔުނިވަރސިޓީއަށް ފޮނުވަންޖެހޭކަމަށް މިޑިޕާޓްމަންޓަށް މަޢުލޫމާތު ލިބިފައިވެއެވެ. މިއަހަރުގެ މާސްޓަރސް އަދި ޕީ.އެޗް.ޑީ ލެވެލްއަށް ހިންގުމަށް ހަމަޖެހިފައިވާ ކޯސްތައް ތިރީގައި މިވަނީއެވެ.

  1. އެޕްލައިޑް މެތަމެޓިކްސް
  2. ބަޔޯޓެކްނޮލޮޖީ
  3. ކޮމްޕިއުޓަރ ސައިންސް
  4. އިކޮނޮމިކްސް
  5. ލީގަލް ސްޓަޑީޒް
  6. އިންޓަނޭޝަނަލް ރިލޭޝަންސް
  7. ސޯޝިއޮލޮޖީ

 

ސައުތު އޭޝިއަން ޔުނިވަރސިޓީއަކީ ރާއްޖެއިންވެސް ޗަންދާ ދައްކައިގެން ހިންގާ ޔުނިވަރސިޓީއަކަށް ވާތީ، މިޔުނިވަރސިޓީގައި ކިޔަވަން ބޭނުންވާ ރާއްޖޭގެ ދަރިވަރުންނަށް ވަރަށް އަގުހެޔޮކޮށް ކިޔެވުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ. އަދި ދިއްލީގައި ހުރުންވެސް ވަރަށް ޚަރަދުކުޑަކޮށް ހަމަޖެހިގެންދާނެއެވެ. ކޯސްތަކަށް ހޮވުމުގައި ބެލެވޭ ޝަރުޠުތަކާއި އިތުރު ތަފްޞީލުތައް، ސައުތު އޭޝިއަން ޔުނިވަރސިޓީގެ ވެބްސައިޓް www.sau.intއިން ލިބެން ހުންނާނެއެވެ.

ވީމާ، މިކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން ކޯހަށް އެޕްލައި ކުރުމުގެ ކަންތައް ސައުތު އޭޝިއަން ޔުނިވަރސިޓީގެ ވެބްސައިޓުން އޮންލައިންކޮށް ކުރިއަށް ގެންދެވެން އޮތްކަމުގައި އާންމުކޮށް އެންގުމުގެ ގޮތުން ދެންނެވީމެވެ.

 

09 ޖުމާދަލްއާޚިރު 1438ހ.

08 މާރިޗް 2017މ.

08 މާރިޗު 2017