މަސައްކަތް
ނަންބަރު: 146-A3/2017/30
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 09:24
ސުންގަޑި: 15 މާރިޗު 2017 10:30
ފެމިލީ ކޯޓް
ދިވެހިރާއްޖެ
އެއަރ-ކޮންޑިޝަނަރ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

                   އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ.

ފެމިލީ ކޯޓަށް ބޭނުންވާ 03 އެއަރކޮންޑިޝަނަރ އަމިއްލަ ތަކެތީގައި ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 މާރިޗު 15 ވަނަ ދުވަހުގެ 10:30 އަށް މި ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީކޯޓުގެ (ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ކޮންފަރެންސް ރޫމަށެވެ.

މިމަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓްތައް (ބިޑާއި ގުޅޭ މައުލޫމާތު ބިޑްޑޮކިއުމެންޓުގައި ހިމަނާފައި) ފެމިލީކޯޓުގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

08  ޖުމާދަލްއާޚިރާ  1438

07  މާރިޗު      2017 

07 މާރިޗު 2017