ޢާންމު މަޢުލޫމާތު
ނަންބަރު: GS52/IUL/2017/05
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 20:31
ސުންގަޑި: 12 މާރިޗު 2017 13:00
ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ލާމު ރެސިޑެންޝަލް ލާރނިންގ ސެންޓަރ

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު

           މި ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިސްކޫލުން ބަލަހައްޓާ ދަނާލުގެ މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 12 މާރިޗު 2017 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު   26 މާރިޗު 2017 ވާ އާދިއްތަ ދުވަހުގެ 13:00  އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މި މަސައްކަތުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ހަމައެކަނި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: /201419) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ. 

06 މާރިޗު 2017