ދިވެހިރާއްޖެ
c
THAA ATOLL SCHOOL ތ.އަތޮޅު މަދަރުސާ
Thaa Guraidhoo ތ.ގުރައިދޫ
Republic of Maldives ދިވެހިރާއްޖެ
Thaa Atoll School Mobile; 7984995, 7964995, 7954995 Fax: +9606780594 Email: [email protected]
ނަންބަރު: 53/2017
އިޢުލާން
02 ކޮޓަރީގެ އެޕާރޓްމަންޓެއް ހޯދުން
މިމަދަރުސާގެ ޕްރިންސިޕަލް ހުންނެވުމަށްޓަކައި 02 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.
މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މި މަދަރުސާއަށް ޙާޟިރުވެ މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
ތަފްސީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މައުލޫމާތުދިނުމުގެ ސެޝަން |
ތ.އަތޮޅުމަދަރުސާ |
20 މާރޗް 2017 |
ހޯމަ |
10.00 |
އަންދާސީހިސާބު ހުށަހެޅުން |
ތ.އަތޮޅުމަދަރުސާ |
29 މާރޗް 2017 |
ބުދަ |
10.00 |
މައުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މިމަދަރުސާއަށް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
07 މާރޗް 2017
އުތަޔަ ރާޖް
ޕްރިންސިޕަލް