ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120/120/2017/14
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި: 13 މާރިޗު 2017 13:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ޕޭޕަރ ސެޓަރުން ޙޯދުން

ނަންބަރު: IUL)120/120/2017/14)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

ޕޭޕަރ ސެޓަރ ( ދިވެހި )، ޕޭޕަރ ސެޓަރ ( އިސްލާމް )

ގިންތި:

-          ޕާޓްޓައިމް (ކޮންޓްރެކްޓް)

-          އެހެން ވަޒީފާއެއް އަދާކުރައްވާ ފަރާތަކަށްވެސް މިވަޒީފާ އަދާ ކުރެވޭނެއެވެ.

ބޭނުންވާ ޢަދަދު

2

ދިވެހި  މާއްދާއަށް 1 / އިސްލާމް މާއްދާއަށް 1

ޢުޖޫރަ:

ކޮންޓްރެކްޓް މުއްދަތުގައި ކުރާ މަސައްކަތުގެ ވަގުތު ކަނޑައަޅައި، ކޮންމެ ގަޑިއަކަށް -/250 (ދުއިސައްތަ ފަންސާސް) ރުފިޔާ

(ވަގުތު ކަނޑައަޅާނީ އިމްތިޙާނުގެ ތާވަލްތަކަށް ބުރޫނާރާގޮތަށް، ދެފަރާތުގެ މަޝްވަރާއިން އެއްބަސްވެވޭ ގޮތަކަށެވެ.)

މުއްދަތު:

3 އަހަރު ދުވަސް  

އަސާސީ ޝަރުޠު:

  1. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް ހާޞިލް ކޮށްފައި ވުމާއެކު ސާނަވީ ނުވަތަ މަތީ ސާނަވީ ސިލަބަހަށް 3 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުމުގެ އިތުރުން، މި ޑިޕާޓްމެންޓުން ބާއްވާ ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިޙާނުގެ މާކިން މަސައްކަތުގެ، މަދުވެގެން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން

ނުވަތަ

  1. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް އޮތުމާއެކު ސާނަވީ ސިލަބަހަށް 3 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުމުގެ އިތުރުން، މި ޑިޕާޓްމެންޓުން ބާއްވާ ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިޙާނުގެ މާކިން މަސައްކަތުގެ، މަދުވެގެން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

-          އިމްތިޙާނު ކަރުދާސް އެކުލަވާލުމަށް ބޭނުންވާ އެސެސްމަންޓް ބްލޫ ޕްރިންޓް އެކުލަވާލުން

-          އެޗް.އެސް.ސީ އިމްތިޙާނުގެ ސުވާލުކަރުދާހާއި މާކިންސްކީމް އެކުލަވާލުން.

-          އިމްތިޙާނު ކަރުދާސްތައް މާކުކުރުމާއި ނަތީޖާތައް ޕްރޮސެސްކޮށް، އެއިން ގްރޭޑްތައް ކަނޑައެޅުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

-          އިމްތިޙާނު ކަރުދާސްތައް ޕްރިންޓްކުރުމުގައި އެހީތެރިވެދިނުން.

-          އިމްތިޙާނު ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުން.

 

ވަޒީފާއަށް އެންމެ ގާބިލް މީހެއް ހޮވުމަށް ބަލާނޭ ކަންކަން

-          ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކަށް ބަލައިގެން،

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ އަމަލީ ތަޖްރިބާއަށް ބަލައިގެން،

-          ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން،

ނޯޓް): މި މަސައްކަތަށް މީހުން ކަނޑައެޅުމުގައި މިޑިޕާޓްމެންޓުގައި މީގެ ކުރިން ޕޭޕަރ ސެޓްކުރުމުގެ މަސައްކަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

އިންޓަރވިއު ކުރުން:

މިމަގާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

-          އިންޓަރވިއުއަށް ހާޟިރުވާއިރު، ޕްރެޒެންޓޭޝަން ހުށަހަޅަންވާނެއެވެ. އެ ޕްރެންޓޭޝަންގައި މާއްދާގެ މިހާރުގެ ޙާލަތާއި ޕޭޕަރ ސެޓްކުރުމާއި މާކުކުރުމުގެ ކަންތައްތައް ރަނގަޅުކުރުމަށް ކުރާނެ މަސައްކަތްތައް އަދި މަސައްކަތްކުރާނެ ގޮތުގެ ޓައިމްލައިނެއް ހިމަނަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ www.dpe.edu.mv  ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

ށ- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައި )

ނ- ވަޒީފާއެއް އަދާކުރާނަމަ، މިމަސައްކަތަށް ދޫކުރާނޭ ކަމުގެ ލިޔުން.

ރ- ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ  މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހިރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ދެފުށް ސާފުކޮށް ފެންނާނޭހެން ނަގާފައިވާ ކޮޕީ .

ޅ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ކ. ސުވާލުކަރުދާސް ތައްޔާރުކުރުމާއި މާކުކުރުމުގައި ލިބިފައިވާ ތަޖްރިބާ އާއި މަސައްކަތް ކުރި އަހަރު އެނގޭ ލިޔުމެއް.

 ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ތަކެތި  ހުށަހަޅަންޖެހޭ އޮފީސް

       މިމަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ފިލާ ބިލްޑިންގ 2 (ބޮޑުތަކުރުފާނު މަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2017 މާރިޗް 13 ވާ ހޯމަ ދުވަހުގެ 13:00

       08ޖުމާދަލްއާޚިރާ 1438

       07މާރިޗް     2017

07 މާރިޗު 2017