ވަޒީފާގެ ފުރުޞަތު
ނަންބަރު: HZN/IULAAN/2017/03
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 16 މާރިޗު 2017 14:00
ޚަޒާނާ މޯލްޑިވްސް ލިމިޓެޑް
ދިވެހިރާއްޖެ
ހެޑް އޮފް ފައިނޭންސް އެންޑް އެކައުންޓްސް

ނަންބަރ: HZN/IULAAN/2017/03

  ވަޒީފާގެ ފުރުޞަތު

މަޤާމު: ހެޑް އޮފް ފައިނޭންސް އެންޑް އެކައުންޓްސް

މަޤާމުގެ ކްލެސިފިކޭޝަނާއި ރޭންކް: ޑެޕިއުޓީ މެނޭޖަރ (MM1)

މަޤާމުގެ ގިންތި: ދާއިމީ

 ޢާންމު މަސްޢޫލިއްޔަތުތައް:

ހެޑް އޮފް ފައިނޭންސަކީ، ޚަޒާނާ މޯލްޑިވްސް ގެ މާލި ކަންތައްތައް އިންތިޒާމުކޮށް ރާވައި، އަދި ދާއިރާގެ އެންމެހާ އުޞޫލުތައް ތަންފީޒުކޮށް ކޮންޓްރޯލް ކުރުމުގެ ޒިންމާ އުފުލާ ފަރާތެވެ. ކުންފުނީގެ މެނޭޖްމަންޓަށް، ކުންފުނީގެ މާލީ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން ލަފާއަރުވާނީވެސް އެފަރާތުންނެވެ.

ޚާއްސަވެގެންވާ ޒިންމާތައް:

  • އެކަށީގެންވާ އެކައުންޓިންގ ސިސްޓަމަކާއި، އުސޫލުތަކާއި، ޕޮލިސީތައް ހެދުމާއި ތަންފީޒުކުރުން
  • އެންމެހައި ފައިނޭންޝަލް ސްޓޭޓްމަންޓްތައް ޢާންމުކޮށް ބަލާ މިންގަޑާ އެއްގޮތަށް ތައްޔާރުކުރުން
  • ޤާނޫނީގޮތުން ރިޕޯޓްކުރަންޖެހޭ އެންމެހައި ކަންތައްތައް (ޓެކްސް ހިމެނޭނޭހެން) ކޮށްނިންމުން.
  • ކުންފުނީގެ ކެޕިޓަލް، މޭންޕަވަރ، އަދި އޯވަރހެޑްސް އާއި އެހެނިހެން ވޭރިއެންސް އެނަލިސިސްތައް ހިމަނައިގެން ކުންފުނީގެ ބަޖެޓް ތައްޔާރުކުރުން.
  • އަހަރީ ބިޒްނަސް ޕްލޭން އަދި ކޭޝް ފްލޯ ޕްރޮޖެކްޝަންސް އާއި ލޯންގް ޓަރމް ޕްލޭންތައް ތައްޔާރުކުރުން.
  • ޓްރެޝަރީ ފަންކްޝަން ބެލެހެއްޓުން.
  • މެނޭޖްމަންޓުން މާލީ ކަންތައްތަކާ ގުޅޭގޮތުން ބޭނުންވާ އެކި މަޢުލޫމާތު އެޑް-ހޮކް ކޮށް ހުށަހެޅުން. 
  • ކްލަޔަންޓުން ހުށަހަޅާ ފައިނޭންޝަލް ރިޕޯޓްތައް މުރާޖަޢާކުރުމަށްފަހު، ހުށަހެޅިފައިވާ ރިޕޯޓްތަކުގެ ޞައްޙަކަމާ ގުޅޭގޮތުން ޕްރޮފެޝަނަލް އޮޕީނިއަން ދިނުން.
  • އޮޑިޓަރުންނާއި އެކު މަސައްކަތްކޮށް، ކުންފުނީގެ އެކިއެކި ރިޕޯޓްތައް ޢާންމުކޮށް ބަލާ މިންގަނޑަށް ތައްޔާރުކުރުން.

ތަޢުލީމީ ފެންވަރު

  • އެކައުންޓިން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ފައިނޭންސްގެ ދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހޯދައިފައިވުން، ނުވަތަ
  • އެކައުންޓިން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެެއް ޙާޞިލްކޮށްފައިވުމާއެކު، ފައިނޭންސްގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހޯދައިފައިވުން.
  • އިސްލާމިކް ފައިނޭންސް ދާއިރާއިން ތަޢުލީމް ހާޞިލްކޮށްފައިވާ ނުވަތަ ކުރާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކޮންޕަންސޭޝަން/ މުސާރާއާއި ޢިނާޔަތްތައް.

މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބެލުމަށްފަހު، ކުންފުނީގެ އެޗް.އާރް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން، ދެފަރާތް އެއްބަސްވެވޭ މުސާރައާއި ޢިނާޔަތްތައް ލިބޭނެއެވެ.

ވަޒީފާއަށް ހޮވުމުގައި ބަލާނެ އެހެނިހެން ކަންތައްތައް

  • އިންޓަރޕަރސަނަލް ސްކިލްސް ހުރިމީހެއްކަމުގައި ވުން.
  • މައިކްރޯސްފްޓް އޮފީސް އަދި އެކައުންޓިންގ ސޮފްޓްވެއަރތައް ބޭނުންކުރަން ދަންނަ ފަރާތެއްކަމުގައި ވުން.
  • މަލްޓި ޓާސްކް ކުރުމުގެ ޤާބިލުކަންހުރި ފަރާތެއްކަމުގައި ވުން.
  • ހައި ޕްރެޝަރ އެންވަޔަރަމަންޓެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަންހުރުން.
  • ކަނޑައެޅިފައިވާ ވަގުތުތަކަށް، މަސައްކަތްނިންމައި، ލަނޑުދަނޑިތައް ޙާޞިލްކުރާ ފަރާތެއްކަމުގައި ވުން.
  • އިސްލާމިކް ފައިނޭންސްގެ ދާއިރާގެ ޢިލްމު ހުރި ފަރާތެއް ކަމުގައިވުން.

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 16 މާރިޗު 2017 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން، ސީ.ވީ އާއި އެޓެސްޓްކޮށްފައިވާ ސަނަދުތަކުގެ ކޮޕީ، [email protected] އަށް އީމެއިލް ނުވަތަ، ތިރީގައި ވާ އެޑްރެސް އަށް ފޮނުވައިދެއްވުން އެދެމެވެ.

ޚަޒާނާ މޯލްޑިވްސް ލިމިޓެޑް،

ހ. ފުސްތުޅާމާގެ، 2 ވަނަ ފަންގިފިލާ،

އަމީރު އަޙުމަދު މަގު،

މާލެ، ދިވެހިރާއްޖެ

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ރަސްމީ ގަޑީގައި، މި ކުންފުނީގެ ނަންބަރު 2000 301 އަށް ގުޅުއްވުނެ އެދެމެވެ. 

07 މާރިޗު 2017