ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2017/15
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 10:52
ސުންގަޑި: 15 މާރިޗު 2017 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ހަޓް ބަލަހައްޓާ

މަޤާމް :ހަޓް ބަލަހައްޓާ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

 

މަޤާމު: ހަޓް ބަލަހައްޓާ

މަސައްކަތުގެ އުޖޫރަ

މަހަކު -/2000 ރުފިޔާ

ބޭނުންވާ ޢަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ނ. މަނަދޫ

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކޮންމެ ދުވަހަކު 2 ފަހަރު ( ހެދުނާ،ހަވީރު) ރީޓްރާންސްމީޓިންގ ހަޓްގައި ހުރި އިކްވިޕްމެންޓް ރަގަޅުތޯ ބަލާ ޗެކް ކުރަން ޖެހޭނެއެވެ. އަދި ޗެކް ކުރުމަށް ފަހު އެދުވަހުގެ ހެދުނު 9:00 ކުރިން އަދި ހަވީރު 17:30 ގެ ކުރިން ކޮންމެ ދުވަހަކުވެސް ޕީ.އެސް.އެމްގެ ޓްރާންސްމީޓިން ޔުނިޓް އަށް  އެސް.އެމް.އެސް މެދުވެރި ކޮށް އަންގަން ޖެހޭނެއެވެ.
  2. ކޮންމެ ދުވަހަކު ހެނދުނު ޓްރާންސްމީޓަރ ރީޑިންގ ނަގާ ފޯރމް ފުރިހަމަ ކުރަންޖެހޭނެ އެވެ. އަދި ހަފްތާ އަކު އެއްފަހަރު ( ކޮންމެ ބްރާސްފަތި ދުވަހަކު ) މި ފޯރމް ފެކްސް،ވައިބަރ ނުވަތަ އީމެއިލް މެދުވެރިކޮށް ޕީ.އެސް.އެމްގެ އިންޖިނިއަރިންގ އަށް ފޮނުވަން ޖެހޭނެ އެވެ.
  3. ރަށު ޖަނަރޭޓަރުން ކަރަންޓް ބަދަލު ކުރާ ވަގުތު ތަކަށް ޙާއްސަ ސަމާލު ކަމެއް ދީގެން ޓްރާންސްމީޓަރ އޮފްވެފައި ވޭތޯ ބަލައި ޗެކްކުރަން ޖެހޭނެ އެވެ. އޮފްވެފައި ވާނަމަ ޓްރާންމީޓަރ އޮން ކުރުން، އަދި އިރު އިރުކޮޅުން ކަރަންޓްގެ މައްސަލަ ދިމާވެ، ކަރަންޓް ފޭލްވާނަމަ ޕީ.އެސް.އެމް ގެ ޓްރާންސްމިޓައިން ޔުނިޓްއަށް  ލަސް ނުކޮށް އަންގަން ޖެހޭނެ އެވެ.
  4. ހަޓާއި ޙަވާލުވެ ހުންނަ ފަރާތަކުން މަދުވެގެން ހަފްތާއަކު އެއްފަހަރު ހުރިހާ އިކްވިޕްމަންޓެއް ފުހެ ސާފުކުރަންޖެހޭނެއެވެ.
  5. ދުވާލަކު އެއްފަހަރު ޑިޝްއެންޓަނާގެ ހާލަތު ޗެކް ކުރަންޖެހޭނެއެވެ.
  6. ޑިޝްއެންޓަނާ ކައިރީގައި ޕީ.އެސް.އެމްގެ ސިގްނަލް ރިސީވް ވުމަށް ދަތިވާ ގޮތަށް ހުރި ގަހެއް ހުރިނަމަ ކަޑާ ސާފް ކުރަން ޖެހޭނެއެވެ. އަދި މަހަކު އެއްފަހަރު ޓަވަރުގެ ހާލަތު ބަލާ ޗެކް ކުރުމަށް ފަހު ޕީ.އެސް.އެމްގެ ޓްރާންސްމީޓިން ޔުނިޓް އަށް ރިޕޯރޓް ފޮނުވަން ޖެހޭނެ އެވެ.
  7. ޑިޝްއެންޓަނާ އަދި ޓަވަރުގައި ދަބަރު ޖަހަމުން ދާނަމަ އެކަން ލަސްނުކޮށް ޕީ.އެސް. ޓްރާންސްމީޓިން ޔުނިޓް އިން މިކަމާ ހަވާލުވެތިބޭ ފަރާތްތަކަށް އަންގަންޖެހޭނެއެވެ. އަދި ޕީ.އެސް.އެމް އިން ކަނޑައަޅާ ގޮތެއްގެ މަތިން ދަބަރުކަހާ ސާފުކޮށް އެތަންތަނުގައި ދަވާދުލާ ބަލަހައްޓަން ވާނެއެވެ. މިކަމަށް ބޭނުންވާ ތަކެތި ޕީ.އެސް.އެމްގެ ޓްރާންސްމީޓިން ޔުނިޓް މިކަމާ ޙަވާލުވެ ތިބޭ ފަރާތްތަކާ ގުޅާގެން ހޯދަންވާނެއެވެ.
  8.  ކޮންޓްރެކްޓް އާ ހަވާލުވެފައިވާ ފަރާތުން ރަށުން ބޭރަށް  ދާންޖެހިއްޖެނަމަ ހަޓްއާއި ހަވާލުވާނޭ ފަރާތެއް ހަމައްޖެއްސުން އެއީ ކޮންޓްރެކްޓް ހަވާލުވެފައި ހުރި ފަރާތުގެ އަމިއްލަ ކަމެކެވެ. 
  9. ޕީ.އެސް.އެމްގެ ރީޓްރާންސްމީޓިންގހަޓްގެ އެއްވެސް އިކްވިޕްމަންޓަކަށް، ޓަވަރަށް، ޑިޝްއެންޓަނާއަށް ނުވަތަ ޑިޝްއެންޓަނާގެ އެލް.އެމް.ބީ އަށް އެއްވެސް  މައްސަލައެއް ޖެހިއްޖެނަމަ އެކަން ޕީ.އެސް.އެމްގެ ޓްރާންސްމީޓިން ޔުނިޓުން  މިކަމާ ޙަވާލުވެތިބޭ ފަރާތްތަކަށް ލަސްނުކޮށް އަންގަންޖެހޭނެ އެވެ.
  10. ޕީ.އެސް.އެމްގެ ރީޓްރާންސްމީޓިންގ ހަޓަށް ގެއްލުމެއް ލިބިފައިވަކަން ފާހަގަ ކުރެވިއްޖެ ނަމަ އެންމެ އަވަސް ފުރުސަތެއްގައި ޕީ.އެސް.އެމްގެ  އިންޖިނިއަރިންގ އިން ޓްރާންސްމިޝަން އާއި ޙަވާލުވެ ތިބޭ ފަރާތްތަކަށް އެވަގުތު އަންގަންޖެހޭނެއެވެ.
  11. ޕީ.އެސް.އެމްގެ ރީޓްރާންސްމީޓިންގ ސައިޓަށް އެއްވެސް މިންވަރަކަށް ގަސްތުގައި ގެއްލުމެއް ދިނުމުގެ ޢަމަލެއް ހިންގާފައިވާކަމަށް ފާހަގަ ކުރެވިއްޖެނަމަ، އެކަން ލަސްނުކުރައްވާ ކަމާބެހޭ ފަރާތްތަކަށް އަންގަންވާނެއެވެ. އަދި ޕީއެސް.އެމްގެ އެމްގެ އިންޖިނިއަރިންގެ ޓްރާންސްމީޓިން ޔުނިޓް އަށް ރިޕޯރޓްކުރަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ސިޓީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • އައިޑީ ކާޑުގެ ފޮޓޯކޮޕީ
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި:

މި މަގާމަށް އެދިލައްވާ ފަރާތްތަކުން 15 މާރިޗު 2017 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

ފެކްސް: 3317273، އީމެއިލް: [email protected]

         

 

                        07 ޖުމާދުލްއާޙިރާ 1438

                        06 މާރިޗު 2017 

 

06 މާރިޗު 2017