ދިވެހިރާއްޖެ
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ ދ.ބަނޑިދޫ ދިވެހިރާއްޖެ |
Secretariat of Bandidhoo Council Dhaal. Ban’didhoo Republic of Maldives
|
ނަންބަރު: 376/376/2017/4(IUL) |
އިޢުލާން
މިރަށު ސޯސަންވިލާ ލަތީފާ އާދަމަށް ދޫކޮށްފައިވާ ގޯތީގެ ހުޅަނގު ކޮޅުން ދެކުނަށް ވާ ގޮތަށް އޮންނަ މަގު ހިމެނޭ ބިމުގައި ނަގަންޖެހޭ ގޮތަށް އިންދާފަހުރި ރުއްގަހުގެ ބަދަލު ހަމަޖެއްސުމަށް ބޭނުންވާތީ މި ދެންނެވި މަގުގައި ހުރި 23 ފޯދުނު ރުކުގައި ވާނީ ނަމްބަރ ޖަހާފައެވެ.
ވީމާ މި ދެންނެވި ރުއްތަކުގެ ވެރިފަރާތުން އެފަރާތުގެ ރުއްތަކުގައި މި އިދާރާއިން ޖަހާފައިވާ ނަމްބަރު އެނގޭނޭހެން އެއީ އެފަރާތުގެ ރުއްކަން ދަންނާނެ 02 ހެކިވެރިންގެ މަޢުލޫމާތާއި އެކު 16 މާރޗް 2017 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި އިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ.
މިދެންނެވި ތާރީޚާއި ހަމައަށް ހުށަހަޅާފައި ނުވާ ރުއްގަސް އެއީ ރައްޔިތުންގެ ރުއްގަސްކަމަށް ބަލާ މި މައްސަލަ ނިންމޭނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
06 މާރޗް 2017 މ.