މަސައްކަތް
ނަންބަރު: 171-H3(PU)/IUL/2017/49
ޕަބްލިޝްކުރި ތާރީޚް: 07 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 08:34
ސުންގަޑި: 14 މާރިޗު 2017 11:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
• އއ.މަތިވެރި ޕޮލިސް ސްޓޭޝަން ހިންގަމުންގެންދާ ޢިމާރާތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  • އއ.މަތިވެރި ޕޮލިސް ސްޓޭޝަން ހިންގަމުންގެންދާ ޢިމާރާތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި މި ސަރވިސްގެ ނަމްބަރ 171-H3(PU)/IUL/2017/21 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީވެ، އެ އިޢުލާން ބާތިލްކުރުމަށްފަހު، އަލުން އެފުރުޞަތު ޝަޢުޤުވެރިވެލައްވާ ހުރިހާފަރާތްތަކަށް ހުޅުވާލަމެވެ.
  • ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2017 މާރިޗު 08 ވާ ބުދަ ދުވަހުން ފެށިގެން 2017 މާރިޗު 14 ވާ އަންގާރަ ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 11:00 އަށް މާލޭގައި ނަމަ، މި ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. އއ.މަތިވެރި ގައި ނަމަ އއ.މަތިވެރި ޕޮލިސް ސްޓޭޝަން ގައެވެ. ބީލަން ފޮތެއްގެ އަގަކީ 200.00ރ (ދުއިސައްތަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މާލެގައި ނަމަ މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން އަދި އއ.މަތިވެރި ގައި ނަމަ އއ.މަތިވެރި ޕޮލިސް ސްޓޭޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  • މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2017 މާރިޗު 15 ވާ ބުދަ ދުވަހުގެ 14:30 ގައި، މާލޭގައި ނަމަ، މިސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ.  އއ.މަތިވެރި ގައި ނަމަ އއ.މަތިވެރި ޕޮލިސް ސްޓޭޝަނުގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2017 މާރިޗު 14 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
  • ބީލަން ހުޅުވުން އޮންނާނީ 2017 މާރިޗު 21 ވާ އަންގާރަ ދުވަހުގެ 14:30 ގައި، މާލޭގައި ނަމަ، މިސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. އއ.މަތިވެރި ގައި ނަމަ އއ.މަތިވެރި ޕޮލިސް ސްޓޭޝަނުގައެވެ. ބީލަންތައް ހުންނަށްވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބަލައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
  • މި ސަރވިސްގެ ނަމްބަރ  171-H3(PU)/IUL/2017/21އިޢުލާނާއި ގުޅިގެން ބީލަންފޮތް ގަނެފައިވާ ފަތާތްތަކުން އަލުން ބީލަންފޮތް ގަންނާކަށް ނުޖެހޭނެއެވެ.  ނަމަވެސް ބިޑް ވިއްކާ މުއްދަތު ތެރޭގައި މާލޭގައި ނަމަ، އިސްކަންދަރު ބިލްޑިންގ އަދި އއ.މަތިވެރިގައި ނަމަ، އއ.މަތިވެރި ޕޮލިސް ސްޓޭޝަނަށް ވަޑައިގެން ނަންނޯޓް ކުރަންވާނެއެވެ. ބިޑްގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމުގައި އާއި ބިޑް ހުޅުވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރި ކުރެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
  • އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ 15% އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
07 މާރިޗު 2017